މަޝްހޫރު ރެޕާ ޓެންޓޭޝިއޯން މަރާލައިފި

މަޝްހޫރު ރެޕާ ޓްރިޕްލްއެކްސް ޓެންޓޭޝިއޯން

އެމެރިކާގެ މަޝްހޫރު ރެޕާ ޓްރިޕްލްއެކްސްޓެންޓޭޝިއޯން ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.

އޭނާ ގަޔަށް ބަޑި ޖަހާފައި މަރާލިކަން ބްރަވާޑް ޝެރިފް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. ބޭރުގެ ޚަބަރުތައް ބުނާގޮތުގައި ޓެންޓޭޝިއަން ގަޔަށް ބަޑި ޖަހާފައިވަނީ މަގުމަތީގައި ހިނގާފައި ދަނިކޮށް ރޭ މެންދަމުގެ ވަގުތެއްގައެވެ.

ޝެރިފް އޮފިސް އާ ހަވާލާދީ އިންޑިޕެންޑެންޓް ނޫހުގައި ބުނީ ޓެންޓޭޝިއޯން ގަޔަށް ބަޑި ޖެހި ކަމުގެ މައުލޫމަތު ލިބުނީ ރޭ މެންދަމު 03:57ގައި ކަމަށެވެ.

އުމުރުން 20 އަހަރުގެ އެ ރެޕާ ވަނީ މި އަހަރުވެސް ދެ އަލްބަމެއް ނެރެފައެވެ. އެއީ "ބޭޑް ވައިބްސް ފޮރެވާ" އަދި "؟" އެވެ.

comment ކޮމެންޓް