ޓްރިވެންޑްރަމްގައި އުޅޭ ދިވެހީންނަށް ވޯލްޑްކަޕް ބަލަން ޚާއްސަ މަރުކަޒެއް!

ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސް-- ސަން ފޮޓޯ

އިންޑިއާގެ ޓްރިވެންޑްރަމަކީ، ބޭރު ގައުމެއްގައި ދިވެހީ އެންމެ ގިނައިން އުޅޭ އެއް ސިޓީއެވެ. ރާއްޖޭގައި ދިވެހީންނަށް ލިބޭ ތަފާތު ފަސޭހަތައް ބޭރުގައި އުޅޭ ދިވެހީންނަށް ވެސް ހަމަޖެހިފައި އޮތުމަކީ ދިވެހީންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ވަރުގަދަވެގެންދާނޭ ކަމެއްކަން ޔަގީނެވެ.

މިވަގުތު ދިވެހީންގެ ތެރޭގައި އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތީ ރަޝިއާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަށެވެ.

ދިވެހީންނަކީ ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ބަޔަކަށް ވާތީ، ފުޓްބޯޅަ ބަލަން ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރުމަކީ ކޮންމެ ތަނެއްގައި ދިރިއުޅުނަށް ދިވެހީން ވަރަށް ބޮޑަށް އެދޭނޭ ކަމެކެވެ.

ޓްރިވެންޑްރަމްގައި ހުން ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން މިހާރު ވަނީ، އެތަނުގައި އުޅޭ ދިވެހީންނަށް ވޯލްޑް ކަޕް މެޗުތައް ބަލަން ޚާއްސަ އިންތިޒާމެއް ހަމަޖައްސައިދީފައެވެ.

"ކޮންސިއުލޭޓް އޮފީހުގައި ވޯލްޑް ކަޕް ބެލޭނޭ އިންތިޒާމް ވަނީ ހަމަޖެހިފައި. ޕްރޮޖެކްޓަރުން ބޮޑު ސްކްރީންގައި މެޗްތައް ބެލުމަށް ހުރިހާ ޒުވާނުންނަށް އަދި މިތަނުގައި އުޅުއްވާ ދިވެހީންނަށް ދައުވަތު އަރުވަން،" ޑެޕިއުޓީ ކޮންސުލް ޖާދުﷲ ހުސައިން ތައުފީގު ސަންއަށް ވިދާޅުވިއެވެ.

comment ކޮމެންޓް

comment އަޙްމަދް

7 year 10 month ago

"މޭޑިން އިންޑިއާ" މާނައަކީ ދަމައިގަތުން ދިއްކޮލުމެތް ނެތް.

comment މޯދީ ރަހްމާން

7 year 10 month ago

ރާއްޖޭގަ އިންޑިއާ އެމްބަސީ އަޅަން ބިމެއް ދީފަ އޮންނައިރު، އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓަކީ ކުއްޔަށް ހިފާފައި ހުންނަ ގެއެއް ފަދަ ތަނެއް. ޓްރިވެންޑްރަމްގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރާން ވާހަކަ ދެކެވުނު ވަރެއްވެސް ނޭނގެ. އެކަމަކު މިތާނގަ އިންޑިއާގެ ކަލްޗަރަލް ސެންޓަރެއް އަޅަންވީމަ ހަމަ ވަގުތުން އޯކޭ ދިނީ. މީތި ކަޑަދޯ؟ ގައުމު ކުޑަޔަސް ބޮޑަސް މިފަދަ ކަންކަމުގައި ހިއްސާ އޮންނާން ޖެހޭނީ ވަރަށް ބެލަންސްކޮށް.

reply އަލި

7 year 10 month ago

އެމްބަސީ އަކީ ކޮންމެ ގައުމެއްގެވެސް ވެރިކަން ކުރާ ރަށުގައި ހުންނަ ތަނެއް. ގޫގުލް ކައިރީ އަހާލަބަލަ.

comment ތަޖްރިބާ ހުރި މީހާ

7 year 10 month ago

ހަގީގަތުގަ މީ ހަމަ ރަނގަޅު ކަމެއް. މިގޮތަށް ސަރުކާރުގެ ޚަރަދުގަ ހުރިހާ ރަށެއްގައިވެސް އަދި ދިވެހީން ގިނައިން އުޅޭ ހުރިހާ ސިޓީތަކެއްގައި ވެސް މިފަދަ ލުއިފަސޭހަތައް ހަމަޖައްސައިދޭންވީ. ދެން ޒުވާނުން، އިންޖީނުލީ އެއްގަމު އުޅަނދުފަހަރާ ދުރުކުރަންވީ. ސަރުކާރުން އެންމެ އަވަހަށް އިސްނަގައިގެން ކުރާންވީ ކަމަކީ ބައިސްކަލް ފަދަ ތިމާވެއްޓާ ރަހްމަތްތެރި ސަވާރީތައް ރާއްޖެއަށް ތައާރަފް ކުރާންވީ. އޭރަށް ވަރަށް ގިނަ ކަންކަން ހައްލަކަށް އެޅޭނެ.

comment ތިމަންނަ

7 year 10 month ago

ވޯޓަށް ފިލިޖެހުން