ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން----- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މިއަދު އާންމުކުރި އިއުލާނުގައި ބުނީ އަމީން އާންމުކަމުގެ މަގާމަށް ކުރިމަތިލިމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހަފުތާގެ އާދިއްތަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އަމީން އާންމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 35،000 ރުފިޔާއެވެ. އޭގެ އިތުރުން ލިވިންގް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު، ފޯނު އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ ލިބެއެވެ.

އަމީން އާންމުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވުމާއި އަދި އުމުރުން 25 އަހަރުވެފައިވުން ހިމެނެއެވެ.

https://sun.mv/100818

އަމީން އާންމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ ކަންތައްތައް ހަމަޖައްސައި، ލިޔެކިޔުންތައް ބަލަހެއްޓުމުގެ އިތުރުން އިދާރީ މަސައްކަތްތައް ރާވައި ހިންގުމާއި، މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް އެމީހުންގެ މަސައްކަތުގައި އެހީތެރިވުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަމީން އާންމު ކަމުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މިދިޔަ ފެބްރުއަރީ މަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން އެމަގާމަށް ބޭފުޅަކު މިހާތަނަށް އައްޔަނުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް