މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު: އޭނާ ވަނީ މިއަދު އެ މަގާޟުން އިސްތިއުފާ ދެއްވާފައި ---

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އަމީން އާންމުގެ މަގާމުން އިސްތިއުފާ ދެއްވިކަން އަހްމަދު މުހައްމަދު ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި މަދަނީ ކޯޓުގެ އިސް ގާޒީގެ މަގާމު ވެސް އަދާކުރެއްވި އަހްމަދު މުހައްމަދު ވިދާޅުވީ މަގާމުން އިސްތުއުފާ ދެއްވަން ނިންމެވީ އަމިއްލަ އަށް ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރު ވާހަކައެއް ދައްކަވަން މިވަގުތު ބޭނުންނުވާ ކަމަށެވެ.

އަހްމަދު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން މަޖިލީހުގެ އާ ގަވާއިދުގެ ދަށުން 2010 ވަނަ އަހަރު ވެސް އަމީން އާންމުގެ މަގާމަށް އައްޔަންކޮށްފައި ވަނީ އޭނާ އެވެ.

އަހްމަދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވި އިރު، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ މަދަމާ ބާއްވަން ތާވަލު ކުރުމަށް ފަހު އިއްޔެ ވަނީ ކުއްލި ގޮތަކަށް ކެންސަލްކޮށްފަ އެވެ. ޖަލްސާ ކެންސަލް ކުރީ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 ބޭފުޅުންނަކީ އެ މަޖިލީހުގެ މެމްބަރުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި އަދި މަޖިލީހުގެ އިދާރާ އިން އެ މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގެ ނޯޓިސް ވެސް ފޮނުވި ފަހުންނެވެ.

comment ކޮމެންޓް