ހިސްޓޯ ލަންކާ އެމްބަސީގެ މިނިސްޓަރު ކައުންސިލަރުގެ މަގާމަށް ބަދަލުކޮށްފި

ޝިފާގު މުފީދު (ހިސްޓޯ)

މިނިސްޓްރީ އޮފް ހޯމް އެފެއާސްގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓަރު ކައުންސިލަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.

ހިސްޓޯ ލަންކާގެ އެމްބަސީއަށް ބަދަލުކުރިކަން އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރާއްޖެ އިން ސްރީލަންކާއަށް ކަނޑައަޅުައްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ ހިސްޓޯ ލަންކާ އެމްބަސީގެ މިނިސްޓަރު ކައުންސިލަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ ހަފުތާގައި ކަމަށެވެ.

ހިސްޓޯ ވަނީ ފާއިތުވި ރަައްޔިތުން މަޖިލީހުގެ ދައުރުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭނާ ހޯމް މިނިސްޓްރީގެ ވަޒީފާއެއް ދެއްވުމުގެ ކުރިން ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް