ކުށެއްގެ ތުހުމަތުގައި މައުމޫން ހަމީދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

މައުމޫން ހަމީދު ނޫސްވެރިންނައް މައުލޫމާތު ދެއްވަނީ: މާދަމާ ރޭ 10:00 ޖަހާއިރު ޕޮލިހަށް ހާޒިރުވުމަށް އޭނާއަށް ވަނީ ޗިޓް ފޮނުވާފައި ---

މީޑިއާގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން ކުށެއްގެ ތުހުމަތުގައި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވައިފިއެވެ.

މައުމޫން ހަމީދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ 10:00 ޖަހާއިރަށެވެ. ކުށެއްގެ ތުހުމަތުގައި މައުމޫން ހަމީދު ހާޒިރުކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެއްކަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތު މީޑިއާތަކަށް ދީފައިވާ ކަމަށް ބުނެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ އިތުރުން އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދާ މައުމޫން ހަމީދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް