އެޗްޑީއެފްސީގެ 10،000 ރުފިޔާގެ ބޮންޑު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީއެފްސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން ---

ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ދެވަނަ ފިކްސްޑް އިންކަމް ބޮންޑު ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީއެފްސީގެ ޕްރޮސްޕެކްޓަސްގައި ވާގޮތުން، އެކުންފުނިން ވިއްކަނީ 10،000 ރުފިޔާއަށް ބޮންޑެއްގެ މަގުން، 10،000 ބޮންޑެވެ. އެކުންފުނިން އަމާޒުކުރަނީ ބޮންޑު ވިއްކައިގެން 100 މިލިޔަން ރުފިޔާ ހޯދުމަށެވެ.

މި ބޮންޑުގެ ސަބްސްކްރިޕްޝަން ހުޅުވާލީ އިއްޔެއެވެ. އަދި މި މަހުގެ 24 ގެ ނިޔަލަށް ސަބްކްރިޕްޝަން ހުޅުވާލެވިފައި ހުންނާނެއެވެ.

https://sun.mv/105204

ބޮންޑު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ވެސް ސަބްސްކްރައިބް ކުރެވޭނެއެވެ.

މިއީ އެޗްޑީއެފްސީ ކޮންވެންޝަނަލް އުސޫލުން ބޮންޑު ވިއްކާ ދެވަނަ ފަހަރެވެ.

އެޗުޑީއެފްސީ އިން މިދިޔަ އަހަރު ވަނީ އިސްލާމީ އުސޫލުން ވެސް ބޮންޑު (ސުކޫކު) ވިއްކާފައެވެ.

އެ ސުކޫކު ވިއްކީ 1،000 ރުފިޔާ އަށެވެ. އަދި ސުކޫކު 10 އަހަރު ދުވަހަށް ދެމިގެންދާ އިރު، ސުކޫކުން ލިބޭ ފައިދާގެ 65 ޕަސަންޓް އިންވެސްޓަރަށް ލިބެއެވެ. ފައިދާ ބަހަނީ ކޮންމެ ހަ މަހަކުން އެއްފަހަރުއެވެ.

comment ކޮމެންޓް