މެލޭޝިއާ ޓޫރިޒަމް ބޯޑު މިއަހަރުވެސް ވެކޭޝަންސް އެކްސްޕޯއަށް

މިއަހަރުގެ "ވެކޭޝަންސް އެކްސްޕޯ"ގައިވެސް މެލޭޝިއާގެ ޓޫރިޒަމް ބޯޑުން ބައިވެރިވާން ނިންމުން --

ޓްރެވަލް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ހައިރައިޒުން ބާއްވާ "ވެކޭޝަންސް އެކްސްޕޯ"ގައި މިއަހަރުވެސް މެލޭޝިއާގެ ޓޫރިޒަމް ބޯޑުން ބައިވެރިވާގޮތަށް ނިންމައިފިއެވެ.

ވެކޭޝަންސް އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރުއެވެ. މިއަހަރަކީ މި އެކްސްޕޯ ބާއްވާ ތިންވަނަ އަހަރެވެ. އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ފަހަކުން ހަތަކަށް، ނޭޝަނަލް އާޓް ގެލަރީގައެވެ.

ހައިރައިޒުން ބުނީ، މި އަހަރުގެ އެކްސްޕޯގައި މެލޭޝިއާގެ ޓޫރިޒަމް ބޯޑުން ބައިވެރިވާނެކަން އެފަރާތުން ހައިރައިޒަށް ކަށަވަރުކޮށްދީފައި ވާކަމަށެވެ.

https://sun.mv/105385

މިއަހަރުގެ އެކްސްޕޯގައި މެލޭޝިއާގެ އިތުރުން ސިންގަޕޫރާއި ތައިލެންޑުގެ ޓޫރިޒަމް ބޯޑުންވެސް ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައި ވާއިރު އެއީ ވެކޭޝަންސް އެކްސްޕޯ އިތުރަށް ފުރިހަމަވެގެން ދާނެ ކަމެއް ކަމަށް ހައިރައިޒުން ބުންޏެވެ.

ހައިރައިޒްގެ ފަރާތުން އިންތިޒާމުކުރާ އެ އެކްސްޕޯއަކީ ޓްރެވަލް މާކެޓަށް ހިދުމަތްތައް ދޭ ފަރާތްތަކުގެ ހިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯގެ ޒަރީއާއިން އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ކުރިއެރުވުމާ ބެހޭގޮތުން އިންޓަނޭޝަނަލް އެކްސްޕާޓުންނާއެކު މަޝްވަރާކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ހައިރައިޒުން ބުންޏެވެ.

ވެކޭޝަންސް އެކްސްޕޯގައި ލަކީޑްރޯއާއެކު އަގުހުރި އިނާމުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްލުމުގެ ފުރުސަތުވެސް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ހައިރައިޒްއިން ބުންޏެވެ.

މިއަހަރު ބާއްވާ ތިންވނަ ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް