އިނގިރޭސި ކްލަބް ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުޙައްމަދު ޞަލާޙަކީ މިހާރު ވަރަށް ގިނަބައެއްގެ އުންމީދުތަކާ ގުޅިފައިވާ ކުޅުންތެރިއެކެވެ. ޚާއްސަކޮށް މިއަހަރުގެ ވޯލްޑް ކަޕަށް މިޞްރުން ކުރަހަމުންދާ ތަސްވީރުތައް ފުރިހަމަކުރުމަށް ޞަލާހުގެ ދައުރު ވަރަށް ބޮޑެވެ. އެހެން ނަމަވެސް ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލްގައި ޞަލާޙަށް ލިބުނު އަނިޔާގެ ސަބަބުން މިޞްރާއި ލިވަޕޫލްގެ ހުވަފެންތަކަށްވެސް މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ޔޫކްރޭންގެ ވެރިރަށް ކިއެވްގައި ރޭ، ސްޕޭންގެ ފުޓްބޯޅައިގެ ގަދަ ބާރު ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން އެޓީމު ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ލިވަޕޫލަށް މިސީޒަންގައި 44 ލަނޑު ޖަހައިދިން ޞަލާޙަށް ލިބުނު އަނިޔާއަށެވެ. ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް، ޞަލާހަށް ކުރި ފައުލަކާ ގުޅިގެން އޭނާގެ ކޮނޑަށް ލިބުނު އަނިޔާއާއެކު މެޗުގެ ކުރީކޮޅުގައި ޞަލާޙަށް ޖެހުނީ ދަނޑުން ފައިބާށެވެ. އަދި ހަމަ އެހެންމެ، ރަޝިއާގައި އަންނަ މަހު ފަށާ ފީފާ 2018 ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެގައުމާ ދެކޮޅަށް މިޞްރު ކުޅެން ޖެހޭ މެޗުގައި ޞަލާޙަށް ނުކުޅެވިދާނޭކަމުގެ ބިރުވެސް މިހާރު ވަނީ ހީވެފައެވެ.
I FIGURED IT OUT... Putin didn’t want Salah to play against Russia in the World Cup #ابن_الوسخه pic.twitter.com/w2N72H9z4z
— Mohammad Alawawdeh (@AhbalPrince) May 26, 2018
މި ސީޒަންގައި ލިވަޕޫލްގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ޞަލާޙަކީ މިފަހަރުގެ ވޯލްޑް ކަޕްގައި މިޞްރުގެ އެންމެ ބޮޑު އުންމީދެވެ. އަދި ވޯލްޑް ކަޕްގެ ގްރޫޕް "އޭ"ގައި ޖޫން 19 ވަނަ ދުވަހު މިޞްރުން ރަޝިއާއާ ދެކޮޅަށް ބޭނުންކުރާން އޮތް އެންމެ ބާރުދަގަ ހަތިޔާރުވެސްމެއެވެ. އެހެންކަމުން، ޞަލާހުގެ އަނިޔާގެ ޒިންމާ، ރަޝިއާގެ ރައީސް ވުލަޑްމީއަރ ޕޫޓިންގެ އިސްތަށިފުޅުގައި އަޅުވަން މީސްމީޑިއާ މާކަ ގިނައިރެއްވެސް ނުނެގިއެވެ.
Conspiracy Theory: Putin paid Ramos to end Salah to help Russia's chances of advancing past the group stage at the World Cup.
— Kev-able Kostk-ord (@mpbx3003) May 26, 2018
ދުނިޔޭގެ ސިޔާސީ މަސްރަޙަށް ބަލާއިރުވެސް މިއީ ރަޝިއާއަށް އެތައް ކަމެއްގައި ތުހުމަތުގެ އިނގިލި ދިއްކުރެވޭ ދުވަސްވަރެކެވެ. އިނގިރޭސިވިލާތާއި އެމެރިކާ އަދި އިސްރާއީލް ފަދަ ގައުމުތަކުން އެންމެ ޖެހިލުންވާ ގައުމުތަކުގެ އެންމެ ކުރީގައި އޮންނަނީ ރަޝިއާއެވެ. މީސްމީޑިއާގެ އެންމެ ވަރުގަދަ އެއް ޕްލެޓްފޯމް ކަމަށްވާ ޓްވިޓަރގައި، މިކަމާ ގުޅޭގޮތުން ގިނަ ބަޔަކު ވާހަކަތައް ފަތުރާން ފެށިއެވެ. ޚާއްސަކޮށް، ޞަލާޙު "އިންޖަރީ"ކޮށްލީ ވޯލްޑް ކަޕް ފެށެންވާއިރަށް، ރަޝިއާ އަޑީގައި އޮވެގެން، ދުރާލައި ރާވައިގެން ކަމަށް ބުނާންވެސް ބައެއް މީހުން ފަހަތަކަށް ނުޖެހުނެވެ.
"އަހަންނަށް އެނގިއްޖެ... ޕޫޓިން ބޭނުމެއް ނުވޭ ޞަލާޙް ރަޝިއާއާ ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅޭކަށް،" މުޙައްމަދު އަލަވާދީ ކިޔާ މީހަކު ޓްވިޓާގައި ލިޔުނެވެ.
Vladimir Putin seeing Salah taken off before the World Cup pic.twitter.com/dhUG5ttxp3
— Tom (@TJ14Wanderer) May 26, 2018
އިތުރު މީހަކު ބުނެވައި ފަނީ، ޞަލާހުގެ އިންޖަރީ އަކީ ވޯލްޑް ކަޕްގައި ރަޝިއާއަށް ކުރިއަށް ދިއުމަށް ފަހިކުރުމުގެ ގޮތުން ޕޫޓިން ރާވައިގެން ހިންގި ޖަރީމާއެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ރާމޯސްއަށް ޕޫޓިން މަރުހަބާވެސް ކިޔާނޭ ކަމަށެވެ.
ސަމުއެލް އާމީ ކިޔާމީހަކު އޭނާގެ ޓްވިޓަރގައި ލިޔެފައި ވަނީ، ސަލާހުގެ އަތް ބިންދާލުމަށްޓަކައި ޕޫޓިން ރާމޯސްއަށް ފައިސާ ދީފައި ނުވާނޭކަމަށް ހީކުރުމަކީ، މިކަމާ ދޭތެރޭގައި ރަނގަޅަށް ނުވިސްނުން ކަމަށެވެ. ޞަލާޙަށް ކޮންމެ ވެސް ގޮތަކުން އަނިޔާއެއް ދިނުމަށް ޕޫޓިން ރާމޯސްއަށް ރިޝްވަތު ދީފައި ވާނޭ ކަމަށް ވިސްނުމުގެ ފުރުސަތު އޮތްކަމަށް ކެނީ ލޮގިންސް ކިޔާމީހަކު ލިޔެފައިވެއެވެ.
މިފަދަ އެތައް ޓްވީޓްތަކަކުން، ސަލާހަށް ލިބުނު އަނިޔާގެ ޒިންމާ ނަންގަވަން ޖެހޭނީ ރަޝިއާގެ ރައީސް ޕޫޓިންކަމަށް ބުނެ ވަނީ ސުވާލުތައް އުފައްދައި އޭގެ ޖަވާބުތައްވެސް ދީފައެވެ.
Putin payed Sergio Ramos to hurt Salah so Russia would make it out of their World Cup group. No doubt in my mind.
— Kenny Loggins (@SeanLyon75) May 26, 2018
ޞަލާޙަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ބުނެފައި ވަނީ، ސަޕޯޓަރުންގެ ލޯތްބަކީ މިވަގުތު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ. އަދި އަމިއްލަ ގައުމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާނޭ ކަަމަށާއި މިފަހަރުގެ ވޯލްޑް ކަޕްގައި ސަޕޯޓަރުން ފަހުރުވެރި ވާނޭ ފަދަ ކުޅުމެއް ދައްކަން މަސައްކަތް ކުރާނޭ ކަމަށެވެ.
It was orchestrated by an alt right faction in Spain that didn’t want to see a Muslim country do well in the World Cup. #staywoke
— The Wonton Don (@DonnieDoesWorld) May 26, 2018
ކިއޭވްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ލިވަޕޫލަށްވެސް އަދި ރެއާލަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާކަ ގިނައިރުތަކެއް ނުވެ ކަރިމް ބެންޒެމާ ވަނީ ރެއާލަށް ލީޑު ނަގައިދީފައެވެ. އޭގެ ހަތަރު މިނިޓް ފަހުން ސާޑިއޯ މާނޭ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ދިޔަ ގެރެތު ބޭލްގެ ހިތްގައިމު ދެ ލަނޑާއެކު މެޗު ކާމިޔާބުކޮށް ރެއާލުން ވަނީ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަދި ޖުމުލަ 13 ވަނަ ފަހަރަށް ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި ޓްރޮފީ އުފުލާލައިފައެވެ.