ގަލޮޅު ގެއެއްގެ ކޮޓަރިއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ ގަލޮޅުގެ، އައްބާސާ ކިޔާ ގެއެއްގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:13ގައި ކަމަށާއި އަދި އެ އަލިފާންގަނޑު 7:44ގައި ނިއްވާލައިފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ގަލޮޅުގެ ގެއެއްގެ ކޮޓަރިއެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދާފައި--ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އެނދީ އެގޭގެ އެންމެ ތިރީ ބުރީގައި ހުރި ކޮޓަރިއެއް ކަމަށެވެ.