އައިފޯނު 7ގައި މައްސަލަ އުޅެދާނެ!

އައިފޯނު 7 ---

އައިފޯނު 7 އަދި އައިފޯނު 7 ޕްލަސްގައި ''ބަގެއް'' އުޅެދާނެ ކަމަށް އެޕަލް އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މޮޑެލްތަކުގެ ފޯނުގެ ތެރެއިން އައިއޯއެސް 11.3 ނޫނީ އެއަށްވުރެ މަތީ ސޮފްޓްވެއާއެއް ބޭނުންކުރާ ފޯނުތަކުން ކޯލު ކުރާއިރު މައިކްރޯފޯނު މިއުޓް ވުމުގެ މައްސަލަ ކުރިމަތިވެދާނެ ކަމަށެވެ.

މި މައްސަލަ ދިމާވާ ބައެއް މީހުން ޓްވިޓާގައި ދަނީ އެވާހަކަ ދައްކަމުންނެވެ. މެކް ރޫމާސް އިން ބުނާގޮތުގައި މި މައްސަލަ ދިމާވަނީ ކީއްވެކަން ސީދާ އެޕަލްއަށް ވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ އައިފޯނު 7ގެ މޮޑެލްތަކަށް ދިމާވާކަން އެ ކުންފުނީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

މައިކްރޯފޯން މިއުޓް ވުމުން ފޯނާއެކު އެއްވެސް ބްލޫޓޫތް ޑިވައިސްއެއް ބޭނުން ކުރާނަމަ އެ އެއްޗެއް އަންޕެއާކުރުމަކީ ހައްލެއް ކަމަށާއި އެގޮތަށްވެސް ހައްލު ނުލިބެއްޖެ ނަމަ އޯޑިއޯ ޑައިގްނޯސްޓިކްސް ރަންކުރުމުން އެލާޓް މެސެޖެއް އަންނާނެ ކަމަށާއި، އެ މެސެޖު އައުމުން ޓެކް ސަޕޯޓުން މައްސަަލަ ހައްލުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ.

ވޮރެންޓީ ނެތްނަމަވެސް މި މައްސަލަ ދިމާވާ ފޯނުތަކަށް އެޕަލް އިން މައްސަލަ ހައްލުކޮށްދޭނެއެވެ. ނަމަވެސް މި ކަމަށް އަގެއް ނަގާނެތޯ ނޫނީ ޗާޖު ކުރާނެ އަގެއް އެޕަލް އިން އަދި އާންމެއް ނުކުރެއެވެ.

މީގެ ކުރިންވެސް އެޕަލްގެ އައިފޯނުތަކުގެ ބެޓެރީ މައްސަލަ ދިމާވާތީ އެޕަލްއިން ވަނީ ބެޓެރީ ބަދަލުކޮށްދިނުމުގެ ހިދުމަތް ޑިސްކައުންޓަކާއެކު ދޭން ފަށައިފައެވެ.

comment ކޮމެންޓް