ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ/ އެމްއެންޑީއެފް

ހުޅުމާލޭ އެސްޓިއޯ ފިއުލް ޝެޑް ކައިރީގައި ހުރި ޖަމްބޯ ބޭގްތަކެއް ގައި އަލިފާން ރޯވެ އަނދަމުންދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 15:00 ހާއިރު ކަމަށާއި ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ޖަމްބޯ ބޭގްސް ތަކަކީ ގިނަ އަދަދެއްގެ ލަކުޑި ހުރި ބޭގް ތަކެކެވެ. އަނދަމުން ދަނީ އެ ލަކުޑި ތަކެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

އާޒިމް ވިދާޅުވީ ރޯވި އަލިފާނުގެ 25 ޕަސެންޓު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް