މާފަންނު ސްޓޭޑިއަމްގައި ތަރައްގީކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި

މާފަންނު ސްޓޭޑިއަމްގައި ތަރައްގީކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވުން: އެ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާފަންނު ސްޓޭޑިއަމްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ތަރައްގީކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް އެ ދަނޑު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މިނިސްޓަރު ސައީދުގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އިދާރާގެ އިސްވެރިންނާއި ފުޓްބޯޅަ އެކަޑަމީތަކުން އެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މާފަންނު ސްޓޭޑިއަމްގައި ތަރައްގީކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވުން: އެ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާފަންނު ސްޓޭޑިއަމްގައި އެއް ދަނޑެއްގެ ގޮތުގައި އެ ޓާފް ދަނޑު ފެނިގެންދިޔަ ނަމަވެސް، އެ ދަނޑުގައި ތިން މިނީ ޓާފް ދަނޑު ހިމެނެއެވެ. އެ ދަނޑަކީ އޭއެފްސީގެ ރައީސްގެ އިނީޝިއޭޓިވްގެ ދަށުން އެފްއޭއެމުން ތަރައްގީކުރި ދަނޑެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ވިދާޅުވީ އެ ދަނޑު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ކުދިންގެ ފުޓްބޯޅަ ހުނަރުތައް ރަނގަޅުކޮށް ކުރިމަގުގައި ގައުމަށް ކާމިޔާބީ ހޯދައިދޭނެ ފެންވަރުގެ ގައުމީ ޓީމުތައް ބިނާކުރުމަށް އެފްއޭއެމުން ކުރާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ "ޓުވާޑްސް ފިއުޗަރ" ޕްރޮޖެކްޓަށް ކަމަށެވެ. އޭގެ އިތުރުން އަންހެން ގައުމީ ޓީމުގެ ބޭނުންތަކަށް ވެސް ދަނޑުގެ ބޭނުން ހިފާނެ ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

މާފަންނު ސްޓޭޑިއަމްގައި ތަރައްގީކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވުން: އެ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެފްއޭއެމުން އެ ދަނޑު އާންމުންނަށް ވަކި ގަޑިތަކެއްގައި ދޫކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެފްއޭއެމުން އެ ދަނޑު ބޭނުންކުރާ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އިންނެވެ. އެނޫން އެހެން ވަގުތުތަކުގައި އާންމުންނަށް ދަނޑު ދޫކުރުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް