އެސްއޯގެ ކުރީގެ ކޮމާންޑަރު ޑީޑީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފި

އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް

ކުރީގެ އެސްއޯ ފުލުހެއް ކަމަށްވާ އިންސްޕެންޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް (ޑީޑީ) ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ޑީޑީ ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައި ވަނީ އިއްޔެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހިނގި ކަންތައްތަކަށްފަހު ފުލުހުން ވަނީ ޑީޑީގެ އުފަންރަށް ކަމަށްވާ ގއ. ގެމަނަފުށީ ޕޮލިސްޓޭޝަނަށް އޭނާ ބަދަލުކޮށްފައެވެ.

ގެމަނަފުށީގައި ހުއްޓައި ފުލުހުން ވަނީ އޭނާގެ ފޯނު ވެސް ހިފަހައްޓާފައެވެ. އެއަށްފަހު މިދިޔަ މާޗް މަހުގެ ހަ ވަނަ ދުވަހު ޑީޑީ މާލެގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ އޭނާގެ ބަޔާނެއް ނަގާފައެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އެކުލަވާލެއްވި ޓީމުގައި އެސްއޯގެ ކޮމާންޑަރެއްގެ ގޮތުން ހަމަޖައްސާފައިވަނީ ޑީޑީއެވެ.

comment ކޮމެންޓް