ގައުމީ އެވޯޑު ސްރީދޭވީއަށް!

ބޮލީވުޑްގެ ލެޖެންޑް ސްރީދޭވީ---

އެންމެ މޮޅު އަންހެން އެކްޓަރުގެ ޤައުމީ އެވޯޑު، މިދިޔަ ފެބުރުއަރީގައި ދުނިޔެ ދޫކުރި ބަތަލާ ސްރީދޭވީއަށް ދޭން ނިންމައިފިއެވެ.

ފަސްދޮޅަސް ފަސްވަނަ ޤައުމީ ފިލްމު އެވޯޑް ލިބޭ ފަރާތްތަކުގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ.

ބޮލީވުޑުން ފެށިގެން ރީޖަނަލް ސިނަމާގެ ފިލްމުތައް ބައިވެރިކޮށްގެން ދޭ އެވޯޑު ސްރީ ދޭވީ ހޯދީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު 'މޮމް' އިންނެވެ.

އެއާއެކު ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރު އަދި ދެ ދަރިން ވަނީ ޤައުމީ އެވޯޑު އިންތިޒާމު ކުރާ ފަރާތަށް ޝުކުރު އަދާކޮށްފައެވެ. ބޯނީ ކަޕޫރު ބުނީ ސްރީދޭވީއަށް އެވޯޑު ލިބެން މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރިލީޒްކުރި އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ރަނގަޅު ކާމިޔާބެއް ހޯދިފައި ނުވި ނަމަވެސް، ފިލްމުގައި ސްރީދޭވީ ދައްކުވައިދީފައިވާ އެކްޓިންއަށް ބެލުންތެރިންނާއި ކްރިޓީކުންގެ ފަރާތުން ތަމްބްސްއަޕް އެއް ވަނީ ލިބިފައެވެ.

'މޮމް' އަކީ ގިނަ ދުވަސްތަކެއް ވަންދެން ކެމެރާއާ ދުރުގައި ހުރުމަށް ފަހު ސްރީދޭވީ ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ. އޭގެ ފަސް އަހަރު ކުރިން އޭނާ ކުޅުނު ފިލްމު 'އިންގްލިޝް ވިންގްލިޝް' އަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ސްރީދޭވީ މަރުވީ ދުބާއީގައި އޭނާ ހުރި ހޮޓެލްގެ ފާޚާނާ ތެރޭގައި ހުރި ބާތުޓަބެއްގެ ތެރެއަށް ގެނބިގެންނެވެ.

comment ކޮމެންޓް