ޖީމެއިލްގެ ވެބް އިންޓަފޭސްއަށް ބަދަލެއް ގެންނަނީ

ޖީމެއިލްގެ ވެބް އިންޓަފޭސްއަށް ބަދަލުގެންނަން ގޫގުލްއިން ނިންމައިފިއެވެ.

އާ ފީޗާސް ތަކަކާއެކު އާ އިންޓަފޭސް، ގޫގުލް މެއިލް ބޭނުންކުރާ ހުރިހާ ޔޫޒަރުންނަށްވެސް ލިބޭނެއެވެ. މިއީ މެނޭޖުކުރަން ފަސޭހަ އިންޓަފޭސްއަކަށް ވާނެ ކަމުގެ ޔަގީންކަން ގޫގުލް އިން ދެއެވެ.

ޖީމެއިލްގެ އާ ޑިޒައިނާ ގުޅޭ މާ ބޮޑު ތަފްސީލެއް ގޫގުލް އިން ހާމަ ކޮށްފައެއް ނުވެއެވެ. ގޫގުލް އިން ދާދިފަހުން ވަނީ ގޫގުލް ކަލަންޑަރުގެ ޑިޒައިނަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.

ގޫގުލްއިން ވަނީ ޖީމެއިލް އެޕްލިކޭޝަނަށް 2014 ވަނަ އަހަރުގެ ތެރޭގައި ބަދަލު ގެނެސްފައެވެ. ނަމަވެސް ވެބް އިންޓަފޭސްއަށް އޭރު ބަދަލު ގެނެސްފައެއް ނުވެއެވެ.

ގޫގުލްގެ ސްޕޯކްސް ޕާޒަން އަކާ ހަވާލާދީ ޓެކް ހަބަރުތައް ބުނާގޮތުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޖީމެއިލަށް ގެންނަ ބަދަލުތައް ފެންނާނެއެވެ. މިހާރު އެ މަސައްކަތް އޮތީ ޑްރާފްޓް ސްޓޭޖުގައެވެ.

comment ކޮމެންޓް