ފަންސުރުން ކުރަހާލެވޭ އައިޕެޑު މިހާރު އެޕަލްގެ ރީޓެއިލް ފިހާރަތަކުން ލިބޭނެ

ހުސްވި ހަފުތާގައި އެޕަލް އިން ނެރުނު އެ ކުންފުނީގެ "އަގުހެޔޮ އައިޕެޑު" މިހާރު އެޕަލްގެ ރީޓެއިލް ފިހާރަތަކުން ގަންނަން ލިބޭނެ އެވެ.

ފަންސުރުން ކުރަހާލެވޭ، ކިޔަވާކުދިންނަށް ހާއްސަކޮށްގެން ނެރުނު މި އައިޕެޑުގެ އަގަކީ 329 ޑޮލަރެވެ. ސްކޫލުތަކަށް ހާއްސަ ޑިސްކައުންޓް އަގެއްގައި މި އައިޕެޑު ވިއްކަނީ 299 ޑޮލަރަށެވެ. ފަންސޫރުގެ އަގަކީ 89 ޑޮލަރެވެ.

މި އައިޕެޑުގައި އެޗްޑީ ފްރަންޓް ކެމެރާއެއް ހިމެނެ އެވެ.

ޓަޗް އައިޑީ ސަޕޯޓުކުރާ މި އައިޕެޑުގައި 10 ގަޑިއިރުވަންދެން ޗާޖު ހިފަހައްޓާނެ އެވެ. މީގެ އިތުރުން އަށް މެގަޕިކްސެލްގެ ރެއާ ކެމެރާ އަކާއި އެޕަލްގެ އޭ10 ޕިއުޝަން ޗިޕްއެއް ވެސް މި އައިޕެޑުގައި ހިމެނެ އެވެ.

ސިލްވާ، ސްޕޭސް ގްރޭ، އަދު ގޯލްޑު ކުލައިން މި އައިޕެޑު ގަންނަން ލިބޭނެ އެވެ.

comment ކޮމެންޓް