މުސްތަފާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސަންގު ޓީވީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ސަންގު ޓީވީ ހިންގާ އިމާރާތް -- ސަން ފައިލް ފޮޓޯ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ދެއްކެވި ވާހަކަތަކެއް ސަންގު ޓީވީން ލައިވްކޮށްފައިވާތީ އެއްލަކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އަބުރުގެ ގާނޫނާ ހިލާފުވާ ގޮތަށް މުސްތަފާ ދެއްކި ވާހަކަތަކެއް ލައިވްކޮށްފައިވާތީ މީގެ ކުރިން ވީޓީވީ އަދި ރާއްޖެ ޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.

ސަންގު ޓީވީ ޖޫރިމަނާ ކުރަން ނިންމައި ބްރޯޑް ކޮމްއިން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އެ ޓީވީން އަށެއް ޑިސެމްބަރު 2017 ވަނަ ދުވަހު ދައްކާފައިވާ ކޮންޓެންޓުގައި ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް އައުގުރާނަ ބަސް މަގު ބޭނުންކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ ޓީވީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމީ އަބުރު ރައްކާތެރިކުރުމާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި މާފަށް އެދި ކޮންޓެންޓެއް އާންމު ކުރުމަށް ވެސް ސަންގު ޓީވީއަށް ބްރޯޑްކޮމް އިން ވަނީ އަންގައިފަ އެވެ.

ހަމަ އެ ކޮންޓެންޓެއް ލައިވް ކުރި މައްސަލާގައި ވީޓީވީ ޖޫރިމަނާ ކޮށްފައި ވަނީ ހަތަރު ލައްކަ ރުފިޔާއިންނެވެ.

comment ކޮމެންޓް