އެޕަލްގެ އާ އައިޕެޑު ނެރެފި، ފަންސުރުން ކުރަހާލެވޭނެ!

ކިޔަވާކުދިންނަށް ހާއްސަކޮށްގެން އެޕަލް އިން އައިޕެެއް ނެރެފިއެވެ. ރޭ ޗިގާގޯ ގައި ބޭއްވި ހަފްލާއެއްގައި މި އައިޕެޑް ރަސްމީކޮށް ލޯންޗުކޮށްފައިވާއިރު، މިއީ 9.7 އިންޗީގެ އައިޕެޑެކެވެ.

ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ނެރުނު މި އައިޕެޑާއެކު އޭގައި ކުރަހަން ހާއްސަ ފަންސުރެއް ވަނީ ހިމަނައިފައެވެ. މި ފަންސުރުން އައިޕެޑުގައި ކުރަހާއިރު ފޮތުގައި ލިޔެ ކުރަހަން ގެންގުޅޭ ފަންސޫރާ އެއްގޮތަށް ފަސޭހަ ކަމާއެކު ލިޔެ، ކުރަހާ ހެދޭނެއެވެ. ނަމަވެސް މި ފަންސުރު ގަންނަން ލިބޭނީ ވަކިންނެވެ.

އައިޕެޑުގެ އަގަށް ބަލާއިރު ސްކޫލުތަކަށް ހާއްސަ ޑިސްކައުންޓު އަގެއްގައި މި އައިޕެޑު ވިއްކަނީ 299 ޑޮލަރަށެވެ. އާންމުންނަށް ވިއްކާނީ 329 ޑޮލަރަށެވެ. ފަންސޫރުގެ އަގަކީ 89 ޑޮލަރެވެ.

އެޕަލްގެ އައިޕެޑުގެ އަގާމެދު ޓެކް ހަބަރުތައް ބުނާގޮތުން މިއީ ގޫގުުލްގެ ކްރޯމް ބުކް އައި މައިކްރޯސޮފްޓުގެ އުފެއްދުންތަކާ އަޅާބަލާއިރު މާ ބޮޑު އަގެކެވެ.

އެޕަލް އިން ރޭ ވަނީ އައިޕެޑާޢެކު ކްލާސްރޫމުތަކަށް ހާއްސަ ސޮފްޓްވެއާ އެއްވެސް ނެރެފައެވެ. މި ސޮފްޓްވެއާ އާއެކު ހޯމވޯކް ތަކާ، އެސައިންމެންޓުތައް އަދި ފިލާވަޅުތައް ބަލާލެވޭނެއެވެ. ކުދިނަން ދޭ ފިލާވަޅުތައް ބެލެނިވެރިންނަށް ފަސޭހައިން ބަލާލާ، އެސައިންމެންޓުތައް ޓްރެކްކުރަން ޓީޗަރުންނަށް ފަސޭހަ ވާނެއެވެ.

comment ކޮމެންޓް