ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސެލްފީ ނެގުން މަނާކޮށްފި

މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސެލްފީ ނެގުން މަނާ ....

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 71 ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސެލްފީ ނެގުން މަނާކޮށްފި އެވެ.

ޑިރެކްޓަރު ތިއެރީ ފްރެމޯކްސް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މި އަހަރުގެ ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސެލްފީ ނެގުމުގެ ފުރުސަތެއް ނުދޭނެ ކަމަށާއި އެގޮތަށް ނިންމީ މީހުންގެ ވަގުތު ސަލާމަތް ކުރުމަށް ކަމަށެވެ.

"މި އަހަރު ހަމަ މި މަނާކުރީ ރެޑް ކާޕެޓްގެ މަތީގައި ސެލްފީ ނެގުން. އަސްލު ވާގޮތަކީ އެގޮތަށް ސެލްފީ ނަގަން ތިބޭ އިރު ފަހަތުން އަންނަ މީހުންނަށް ކުރިއަށްދާން އުނދަގޫ ވާތީ،" އޭނާ ބުންޏެވެ.

އަންނަ މެއި މަހު އަށަކުން 19 އަށް ދެމިގެންދާ އެ ފެސްޓިވަލްގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީޑިއާތަކަށް ވެސް މި ފަހަރު ފިލްމުތައް ދައްކައިލާނީ ގާލާ ޕްރިމިއާތަކަށް ފަހު އެވެ.

comment ކޮމެންޓް