އަވޭ މެޗުގައި ހަނިމާދޫ ބަލިކޮށް މުރައިދޫ ޒޯން ޗެމްޕިއަން ކަމާ ގާތަށް

މުރައިދޫ ފުޓުބޯޅަ ޓީމު --- ފޮޓޯ/ މީސް މީޑިއާ

މިނިވަން ޗެމްޕިއަންޝިޕް ޒޯން އެކެއްގައި އިއްޔެ ކުޅުނު މެޗުގައި ހދ. އަތޮޅުގެ ޗެމްޕިއަން ހަނިމާދޫ ބަލިކޮށް، ހއ. އަތޮޅުގެ ޗެމްޕިއަން މުރައިދުއިން ޒޯން ޗެމްޕިއަން ކަމާ ގާތަށް ޖެހިލައިފި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގައި ވާދަކުރާ ހއ. އަތޮޅުގެ ޗެމްޕިއަން މުރައިދުއާއި ހދ. އަތޮޅުގެ ޗެމްޕިއަން ހަނިމާދު އެވެ. އެ ޒޯންގައި ވާދަކުރާ ދެޓީމުގެ ތެރެއިން ޗެމްޕިއަން ޓީމު ކަނޑައަޅާނީ ހޯމް އަދި އަވޭ އުސޫލުން ދެ މެޗު ކުޅެގެންނެވެ.

އިއްޔެ ހަނިމާދޫގައި ކުޅުނު ފުރަތަމަ ލެގު މުރައިދުއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީ ކޮޅުގައި މުރައިދު ވަނީ ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި މުރައިދުއަށް އެ ގޯލް ކާމިޔާބުކޮށްދިނީ ސިރާތު އަބްދުލް އަޒީޒެވެ. ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް މުރައިދުވަނީ ލީޑު ފުޅާކޮށްފަ އެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ އިސްމައިލް ފަތުހީ އެވެ.

މުރައިދު އާއި ހަނިމާދޫ ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު ހަނިމާދޫގަ އެވެ.

comment ކޮމެންޓް