ހޯލްސްޓެއިން ބަލިކޮށް، ލެވަކޫސެންއިން ފަރަގު ކުޑަކޮށްފި

ޖަރުމަނު ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެންއިން ހޯލްސްޓެއިން ކިއެލް ބަލިކޮށްފިއެވެ.

ހޯލްސްޓެއިންގެ ދަނޑުގައި ކުޅުނު މި މެޗު ލެވަކޫސެންއިން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ލެވަކޫސެންއިން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަމިން އާދިލެވެ.

މި ކާމިޔާބީއާ އެކު ލެވަކޫސެން މިހާރު އޮތީ 23 މެޗުން ލިބިފައިވާ 50 ޕޮއިންޓާ އެކު ދެވަނައިގައެވެ. އެއީ، އެއްވަނައިގައި އޮތް ބަޔޭން މިޔުނިކަށް ވުރެ އެއް މެޗު އިތުރަށް ކުޅެ ފަސް ޕޮއިންޓް ފަހަތުގައި އޮވެގެންނެވެ. މިރޭ ބަޔޭން ކުޅޭ މެޗު ކާމިޔާބުކޮށްފި ނަމަ އަނެއްކާ ވެސް އަށް ޕޮއިންޓްގެ ލީޑެއް އެ ޓީމަށް ލިބޭނެއެވެ.

މެޗުން ބަލިވުމުން ހޯލްސްޓެއިން އޮތީ 13 ޕޮއިންޓާ އެކު 18 ޓީމު ހިމެނޭ މި ލީގުގެ އެންމެ ފުލުގައެވެ.

މުބާރާތުގައި ބޮރޫޝިއާ ޑޯޓްމުންޑާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު 6-0ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ޑޯޓްމުންޑެވެ. ޑޯޓްމުންޑުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސާހޫ ގުރާސީއެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޑިއޮގޯ ލެއިޓް އަސި މެކްސިމިލިއާން ބެއިއާއެވެ.

މި ކާމިޔާބީއާ އެކު ޑޯޓްމުންޑް އޮތީ 32 ޕޮއިންޓާ އެކު 10 ވަނައިގައެވެ. ބާލިން އޮތީ 24 ޕޮއިންޓާ އެކު 13 ވަނައިގައެވެ.

comment ކޮމެންޓް