ދެވަނަ ލެގުވެސް ކާމިޔާބުކޮށް ހއ. އަތޮޅުގެ ޗެމްޕިއަންކަން މުރައިދުއަށް

ހއ. އަތޮޅުގެ ޗެމްޕިއަން މުރައިދޫ ޝީލްޑާއެކު --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ހއ. އަތޮޅުގެ ޗެމްޕިއަންކަން މުރައިދޫ ހޯދައިފިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ހއ. އަތޮޅުން ބައިވެރިވެފައިވަނީ މުރައިދުއާއި ދިއްދުއެވެ. ދެ ޓީމު ބައިވެރިވެފައިވުމުން އެ އަތޮޅުގެ އަތޮޅު ބުރު ކުޅެފައިވަނީ ހޯމް އަދި އަވޭ އުސޫލުން ދެ މެޗެވެ.

މުރައިދުއާއި ދިއްދޫ މުރައިދޫގައި ކުޅުނު މެޗު މުރައިދުއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ދިއްދޫގައި ކުޅުނު ދެވަނަ ލެގު މުރައިދުއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ 0-0 ގެ ނަތީޖާއަކުން ނިމުނު ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި މުރައިދޫންވަނީ ލީޑު ނަގައިފައެވެ. އެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އަހުވާނެވެ. މެޗުގައި މުރައިދުއިން ޖެހި ދެވަނަ ގޯލް މެޗުގެ 73 ވަނަ މިނުޓުގައި ކާމިޔާބުކޮށްދިނީ ސިރާތު އަބްދުލް އަޒީޒެވެ.

ސިރާތުވަނީ މެޗު ނިމެންދަނިކޮށް އޭނާގެ ދެވަނަ ގޯލާއެކު ސްކޯ 3-0 އަކަށް ބަދަލުކޮށްލައިފައެވެ. މުރައިދުއިން މެޗުގައި ޖެހި ފަހު ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ޝާހިދެވެ.

ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި މުރައިދޫވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ. ހއ. އަތޮޅަކީ ޒޯން އެކެއްގައި ހިމެނޭ އަތޮޅެކެވެ. ދެން އެ ޒޯންގައި ހިމެނޭނީ ހދ. އަތޮޅެވެ.

comment ކޮމެންޓް