ސެމްސަންގް އެސް9 އާ އައިފޯން އެކްސް: އެންމެ ގަދައީ ކޮން ފޯނެއް؟

ސެމްސަންގުން ނެރުނު އެންމެ ފަހުގެ ގެލެކްސީ އެސް 9 ފޯނަކީ އައިފޯނުގެ އެންމެ ފަހުގެ ފޯން، އައިފޯނު އެކްސް އާ އަޅާކިޔާރު ކުރިއެރުން ލިބޭނެ ފޯނެއްތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ.

ދެފޯނުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް އެއްހާސް ޑޮލަރަށް އައިފޯނު އެކްސްއެއް ލިބޭއިރު އެސް9ގެ އަގު އުޅެނީ 700 އާ 800 އާ ދެމެދުގެ އަގެއްގައެވެ.

އެސް 9 އާއި އައިފޯން އެކްސްގެ ބޮޑުމިނަކީ 5.8 އިންޗިއެވެ. އައިފޯނު އެކްސްގައި ފިންގާ ޕްރިންޓްް ސްކޭނާ ފެންނާކަށް ނީނދެއެވެ. އެސް9ގެ ފިންގާ ޕްރިންޓް ސްކޭނާ އިންނަނީ ކެމެރާގެ ތިރީގައެވެ. އައިފޯނު އެކްސް އާ ބަލާއިރު އެސް 9 އަކީ 11 ގްރާމް ލުއި ފޯނެކެވެ.

އެސް9ގައި ހެޑް ފޯނު ޖެކެއް ހިމަނާފައިވާއިރު އައިފޯނުގައި ހެޑްފޯނު ޖެކެއް ހިމަނާފައެއް ނުވެއެވެ. އައިފޯނު އެކްސްގައި ފޭޝަލް ރިކޮގްނިޝަން ފީޗާ ބޭނުންކުރެވޭ މިންވަރަށް އެސް9 ގައި މި ފީޗާ ބޭނުމެއް ނުކުރެވެއެވެ. ފައިސާއާ ގުޅޭ ކަންކަމުގައި މި ފީޗާ ބޭނުން ނުކުރެވޭނެކަމަށް ސެމްސަންގުން ވަނީ ބުނެފައެވެ.

އައިފޯނު އަދި ސެމްސަންގުގައިވެސް އޭއާރް އިމޯޖީ ފީޗާ ވަނީ ހިމަނައިފައެވެ.

އެޕަލް އިން ބުނެފައިވަނީ އައިފޯނު އެކްސް އަކީ ސްމާޓް ފޯނުތަކުގެ މުސްތަގުބަލު ކަމަށެވެ. މިއީ ސެމްސަންގާ އައިފޯނުގެ މުހިއްމު ބައެއް ފީޗާތަކެވެ. ދެ ފޯނު އަޅާ ކިޔާއިރު އެންމެ ގަދަވާނީ ކޮން ފޯނެއް ހެއްޔެވެ؟

comment ކޮމެންޓް