މިއަހަރުގެ ވޯލްޑް ސްޕާ އެވޯޑްސް ބާއްވަނީ ރާއްޖޭގައި

ސެއިންޓް ރީޖިސް ވޮށްމުލި ---

ތިންވަނަ ވޯލްޑް ސްޕާ އެވޯޑްސް ދިވެހިރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ވޯލްޑް ސްޕާ އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ދޭ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑް ޓްރެވަލް އެވޯޑްސް"ގެ ފަރާތުން، ސްޕާ ޓުއަރިޒަމްގެ ދާއިރާއިން ފާހަގަކުރެވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

މިއަހަރު މި އެވޯޑްސް ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ ދ. ވޮށްމުލީގައި ހިންގާ ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓުގައެވެ.

ސެއިންޓް ރީޖިސް ވޮށްމުލިއަކީ މިދިޔަ އަހަރުގެ ވޯލްޑް ސްޕާ ރިސޯޓްސްގައި ވޯލްޑްސް ބެސްޓް ސްޕާ ޑިޒައިން އެވޯޑު ލިބުނު ފަރާތެވެ.

ވޯލްޑް ސްޕާ އެވޯޑްސްގެ ގާލާ ހަފްލާ އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 26 ވާ ހުކުރު ދުވަހުގެ ރޭއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބެސްޓް ސްޕާ ޑެސްޓިނޭޝަންގެ އެވޯޑު ލިބުނީ ރާއްޖެއަށެވެ. ރާއްޖެއާ ވާދަކުރީ އިންޑިއާ ކަނޑުގެ ޖަޒީރާ ދެ ގައުމު ކަމުގައިވާ ސީޝެލްސް އަދި މޮރިޝަސްއެވެ.

comment ކޮމެންޓް