ޕީއެސްއެމްގެ ސެޓެލައިޓް ޚިދުމަތް މެދުކަނޑާލާނެ ކަމަށް ބުނުމުން މައްސަލަ ހުށަހަޅައިފި

އެމްޑީޕީ މިލަންދޫ ދާއިރާގެ ރައީސް އަހުމަދު ނިޔާޒް ---- ފޮޓޮ: ފޭސްބުކް

ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި ޗެނަލް13ގެ ސެޓެލައިޓް ހިދުމަތް މެދުކަނޑާލާނެ ކަމަށް ބުނެ އިންޒާރުދިން ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް ފުލުހުންނަށާއި ސަލާމަތީ ބާރުތަކަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީއެސްއެމް އިން ވަނީ އެ ކުންފުންޏަށް ޓެރަރިޒަމްގެ އިންޒާރުދީފައިވާ ކަމަށް ބުނެ، އެކަންވީ އެންމެ އަވަހަކަށް ބަލައިދިނުމަށް އެދި ދިވެހި ފުލުހުންނަށާއި ސަލާމަތީ ބާރުތަކަށް ގޮވާލައިފައެވެ.

ޕީއެސްއެމް އިން ބުނީ އެ ކުންފުންޏަށް އިންޒާރުދިނީ ށ. މިނަލްދޫ އަހުމަދު ނިޔާޒު ކަމަށެވެ. އޭނާ އަކީ އިދިކޮޅު ހަރަކާތްތަކުގައި އުޅޭ މީހެއް ކަމަށްވެސް ޕީއެސްއެމްއިން ވަނީ ބުނެފައެވެ.

ޕީއެސްއެމް އާއި ޗެނަލް13ގެ ސެޓެލައިޓު ހިދުމަތްތައް ކަނޑާލާނެކަމުގެ އިންޒާރު އޭނާ ދީފައިވާކަމަށް ޕީއެސްއެމްއިން ބުނެއެވެ. އެ އިންޒާރު އޭނާ ދިނީ މިދިޔަ މަހުގެ ކުރީކޮޅު ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް ޕީއެސްއެމްއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީއެސްއެމްއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ނިޔާޒު ސަން އަށް ބުނީ ޕީއެސްއެމްއިން ކުރާ މަސައްކަތަކީ އޭނާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ޕީއެސްއެމްގެ ހަބަރާ ގުޅިގެން އަބުރުގެ ދައުވާ ކުރާނެ ކަމަށް ނިޔާޒު ވަނީ ބުނެފަ އެވެ. އަދި އޭނާ ކުރީ ޓުވީޓެއް ކަމަށާއި އެ ޓުވީޓުގައި އިންޒާރެއް ދީފައިނުވާ ކަމަށް ނިޔާޒު ބުންޏެވެ.

"އެ ބޭފުޅުންގެ ހަބަރުގައި އަޅުގަނޑުގެ ޓުވީޓެއްވެސް ނުދައްކާ،"

ނިޔާޒްއަކީ އެމްޑީޕީ މިލަންދޫ ދާއިރާގެ ރައީސެވެ.

comment ކޮމެންޓް