ސެމްސަންގުގެ ސްމާޓް ސްޕީކަރު މިއަހަރު ފަހުކޮޅު

ސެމްސަންގުންވެސް ސްމާޓް ސްޕީކަރެއް ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ މޯބައިލް ވޯލްޑް ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ސެމްސަންގްގެ މޮބައިލް ޑިވިޜަންގެ ރައީސް ޑިޖޭ ކޮހް ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު އެކުންފުނިން ބިކްސްބީ ސްމާޓް ސްޕީކަރެއް ބާޒާރަށް ނެރޭނެ ކަމަށެވެ.

ހުސްވި އަހަރުގެ އޮގަސްޓްމަހުން ފެށިގެން ސެމްސަންގުން އަންނަނީ ސްމާޓް ސްޕީކަރުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ރިޕޯޓުކޮށްފައިވަނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެތެރޭ އެ ސްޕީކަރު ބާޒާރަށް ނެރޭނެ ކަމަށާއި އަގު އުޅޭނީ 200 ޑޮލަރުގައި ކަމަށެވެ. ނަމަވެސް ސްޕީކަރު ބާޒާރަށް ނެރޭނެ ތާރީޚު ލަސްކުރީ ކީއްވެކަމެއް ބުނެފައެއް ނުވެއެވެ.

މި ސްޕިކަރާ ގުޅޭ މާގިނަ މައުލޫމާތެއް އަދި އާންމުވެފައެއް ނުވެއެވެ.

ފޭސްބުކުންވެސް އަންނަނީ ސްމާޓް ސްޕީކަރެއް ބާޒާރަށް ނެރެން މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް