އެންމެ އުސް ހޮޓާ ދުބާއީގައި ހުޅުވައިފި

ގެވޯރާ ހޮޓެލް -- ފޮޓޯ: ގެވޯރާ

ދުނިޔޭގެ އެންމެ އުސް ހޮޓާ ދުބާއީގައި ހުޅުވައިފި އެވެ.

ދުބާއީގެ "ހޮޓް ސްޕޮޓް"ގައި ހުޅުވި ގެވޯރާ ހޮޓެލް އަކީ 356 މީޓަރު ދިގު އިމާރާތެކެވެ. މީގެ ކުރިން ވެސް ދުނިޔޭގެ އެންމެ އުސް ހޮޓާ ހުރީ ދުބާއީގަ އެވެ. އެއީ މެރިއޮޓް މާކީއެވެ. އެ ހޮޓެލްއާ އަޅާބަލާ އިރު ގެވޯރާ ހޮޓެލް އުސް ވަނީ އެންމެ މީޓަރެކެވެ.

ގެވޯރާ ހޮޓެލް -- ފޮޓޯ: ގެވޯރާ

ގެވޯރާ ހޮޓެލްގައި 528 ކޮޓެރި ހުރެ އެވެ. ހަތަރު ތަރީގެ މި ހޮޓަލުގައި ރީތި ވިއު އަކާ އެކު ކެފޭ އަކާއި ބޭކް ޝޮޕެއް އަދި ބިޒްނަސް ސެންޓަރަކާއި ބޯޑް ރޫމެއް ހުރެ އެވެ.

މީގެ އިތުރުން ހޮޓަލުގެ އެންމެ މަތީ ފަންގިފިލާގައި ރީތި ވިއުއަކާ އެކުު އެންމެ އުހުގައި ހުންނަ ރެސްޓޯރެންޓް ވެސް ހިމެނެ އެވެ.

ގެވޯރާ ހޮޓެލް -- ފޮޓޯ: ގެވޯރާ

ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑުން ވެސް މިހާރު ވަނީ ގެވޯރާ ހޮޓެލް އަކީ ދުނިޔޭގެ އެންމެ އުސް ހޮޓެލް ކަމަށް ބަލައިގެންފައެވެ. މި ހޮޓެލް ބުކް ކުރަން ވަނީ މިހާރު ހުޅުވާލައިފައެވެ.

(ސީއެންއެން)

comment ކޮމެންޓް