މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކޮންމެ އަހަރަކުވެސް ބާއްވާ "ސްޓާފް ޗެރިޓީ ރަން" ބާއްވައި، ތިން ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފިއެވެ.
ބީއެމްއެލްގެ 200 މުވައްޒަފުންނާ އެކު އިއްޔެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކު ކުރިމަތިން ފެށި ދުވުން ނިންމާލީވެސް ސެންޓްރަލް ޕާކު ސަރަހައްދަށެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން، ހުކުރު ދުވަހު ހަވީރު ބޭއްވި "ސްޓާފް ޗެރިޓީ ރަން"އަށް ފަހު ވަނީ ތިން ޖަމިއްޔާއަކަށް 90000 ރުފިޔާ ހަދިޔާކޮށްފައި -- ފޮޓޯ: ބީއެމްއެލް
ދުވުން ނިންމާލުމަށްފަހު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިސިކަލް ޑިސޭބަލްސް އާއި ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނަށް ފައިސާގެ އެހީ ގޮތުގައި ބޭންކުންވަނީ، އެ ޖަމިއްޔާތަކަށް 90،000 ރުފިޔާ ދީފައެވެ.
ބޭންކުގެ ފަރާތުން ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އެންޑްރޫ ހީލީ އެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން، ހުކުރު ދުވަހު ހަވީރު ބޭއްވި "ސްޓާފް ޗެރިޓީ ރަން"އަށް ފަހު ވަނީ ތިން ޖަމިއްޔާއަކަށް 90000 ރުފިޔާ ހަދިޔާކޮށްފައި -- ފޮޓޯ: ބީއެމްއެލް
މިއީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން، ހުކުރު ދުވަހު ހަވީރު ބޭއްވި "ސްޓާފް ޗެރިޓީ ރަން"އަށް ފަހު ވަނީ ތިން ޖަމިއްޔާއަކަށް 90000 ރުފިޔާ ހަދިޔާކޮށްފައި -- ފޮޓޯ: ބީއެމްއެލް
ގައުމީ ބޭންކުން ކުރިއަށް ގެންދާ އަހަރެންގެ ބޭންކް ޕްރޮގްރާމުގެ ދަށުން ފެބްރުވަރީ މަހުގެ ކޮންމެ ދުވަހެއްގައި އަދި މުޅި އަހަރުތެރޭގައި ތައުލީމް، ކުޅިވަރު، ތިމާވެށީގެ އެކިއެކި ހަރަކާތްތަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ.