އިދިކޮޅުން މިވަގުތު އުޅެނީ ފަތުރުވެރިކަމަށް ގެއްލުން ދޭން: ވިޔަފާރިވެރިންގެ ޖަމިއްޔާ

ހިިންމަ ފުށީ އަތިރިމަތީގައި ފަތުރުވެރިން ތަކެއް ވަގުތު ހޭދަކުރަނީ. އިދިކޮޅުން މިވަގުތު މަސައްކަތް ކުރަނީ ފަތުރުވެރިކަމަށް ގެއްލުން ދޭން ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ބުނެފައި-----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރާއްޖެއަށް ސިޔާސީ ގޮތުން އައިސްފައިވާ ހަލަބޮލިކަމުގެ ފައިދާ ނަގައިގެން އިދިކޮޅުފަރާތްތަކުން މިވަގުތު މަސައްކަތް ކުރަނީ ފަތުރުވެރިކަމަށް ގެއްލުން ދޭންކަމަށް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ބުނެފިއެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސިޔާސީ ގޮތުން ހަލަބޮލިވެފައިވާ މި ދުވަސްވަރު ބަޔަކު އޭގެ ނާޖާއިޒު ފައިދާ ނަައިގެން ފަތުރުވެރިކަމަށް ގެއްލުންދޭން ކުރާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ފަތުރުވެރިކަމަށް ގެއްލުން ދޭން ކުރާ މަސައްކަތްތަކުގެ ގެއްލުން ލިބޭނީ ހަމައެކަނި ފަތުރުވެރިންނަށް އެކަނި ނޫން ކަމަށް ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުންޏެވެ.

"ފަތުރުވެރިކަމާ އެކަމާ ގުޅުން ހުރި އެކި ދާއިރާތަކަށް ހުރަސް އެޅުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ދިވެހިި ވިޔަފާރިތަކަށާއި، މުޅި އިގުތިސާދަށާއި އާންމު ރައްޔިތުންނަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުންތައް ކުރިމަތިވާނެކަމެއް ކަމުގައި ފާހަގަ ކުރަމެވެ." ވިޔަފާރި ވެރިންގެ ޖަމިއްޔާގެ ބަޔާނުގަައި ބުންޏެވެ.

ފަތުރުވެރިކަމަށް ގެއްލުންދޭން މަސައްކަތްކުރާ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ގޮވައިލައިފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން، ގިނަ ގައުމުތަކަކުން ދަނީ ރާއްޖެއާ ގުޅޭ ޓްރެވަލް އެޑްވައިޒަރީތައް ނެރެމުންނެވެ.

comment ކޮމެންޓް