ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދައިފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގައި އަލިފާން ރޯވެފައި -- ފޮޓޯ/ އެމްްއެންޑީއެފް

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއްވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެފައި ވަނީ ހުޅުމާލެ ފަޅުގައި އޮތް "ވެލާ" ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށާއި އެ ހާދިސާގެ މައުލޫމާތު އެ ފަރާތަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް ސިފައިންގެ ފަޔާ އެންޑް ރެސްކިއުއިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ އިންޖީނު ރޫމާއި ސަފާރީގެ ގެގަނޑުގައި ކަމަށެވެ. އަދި މިހާރު ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ހާދިސާ ހިނގި އިރު ސަފާރީގައި ތިން ފަޅުވެރިން ތިބި ކަމަށާއި އަލިފާން ރޯވާން ފެށުމުން އެ ތިން ފަޅުވެރިން ވެސް ސަފާރީ އިން ފައިބާފައިވާ ކަމަށެވެ.

comment ކޮމެންޓް