މިއަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުމަށްޓަކައި ކުޅެވޭ ޗެރިޓީ ޝީލްޑް މެޗު މާދަމާރޭ އޮންނާނެއެވެ.
މާދަމާރޭ އޮންނަ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ، އެންމެފަހުގެ ލީހު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި އެފްއޭ ކަޕުގެ ރަނަރަޕް ޓީސީ ސްޕޯޓްސް ކްލަބެވެ.
މިދިޔަ ސީޒަންގެ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޕްރެސިޑެންޓްސް ކަޕުގެ ޗެމްޕިއަނުންނަކީވެސް ނިއުރޭޑިއަންޓެވެ. ޗެރިޓީ މެޗުގައި ކުޅެން ހަމަޖެހިފައިވަނީ އެފްއޭ ކަޕް ޗެމްޕިއަނުންނާއި ލީގު ޗެމްޕިއަނުން ނަމަވެސް ނިއުއިން ދެ މުބާރާތްވެސް ކާމިޔާބުކޮށްފައި އޮތުމުން ޓީސީއަށް ޗެރިޓީ މެޗުގެ ފުރުސަތު ލިބުނީ އެފްއޭ ކަޕުގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ. ޓީސީ އަކީ މިދިޔަ ސީޒަންގެ ޕްރެސިޑެންޓްސް ކަޕާއި އެފްއޭ ކަޕުގެ ރަނަރަޕް ޓީމެވެ. އަދި ދިވެހި ޕްރިމިއާލީގުގެވެސް ދެވަނަ ޓީމެވެ.
މިދިޔަ ސީޒަނުން ފެށިގެން ޗެރިޓީ ޝީލްޑް މެޗުގައި ޗެމްޕިިއަން ޓީމަށް ފައިސާ ދެވޭ އުސޫލު ބަދަލުކޮށް ހުރިހާ ފައިސާއެއް ވެސް އެންޖީއޯތަކަށް ދިނުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވަނީ ނިންމައިފައެވެ.
މިހާރު އޮންނަ އުސޫލުން ޗެމްޕިއަން ޓީމަށް ފައިސާ ނުލިބޭއިރު ފައިސާ ދެވޭނީ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާ ދެ ޓީމު އިހްތިޔާރު ކުރާ އެންޖީއޯތަކެއްގެ އިތިރުން އެފްއޭއެމް އިން ކަނޑައަޅާ އެންޖޯތަކަށެވެ.
މިދިޔަ ތިން ސީޒަންގެ ޗެރިޓީ ޝީލްޑް އުފުލާލާފައިވަނީ މާޒިޔާއިންނެވެ. މިދޔަ އއަހަރުގެ މެޗުގައި ވާދަކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ވެލެންސިއާއެވެ. މާޒިޔާއިން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ނިއުރޭޑިއަންޓް އަދި ޓީސީ ވާދަކުރާ މެޗު އޮންނާނީ މާދަމާ ރޭ 9:00 ގައެވެ.