ކައިލީ ޖެނާ ވިހައިފި، ލިބުނީ އަންހެން ކުއްޖެއް----

މަޝްހޫރު އެމެރިކަން މޮޑެލް ކައިލީ ޖެނާ ވިހައިފި އެވެ.

އޭނާ ވިހާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ.

ކައިލީ އަށް އަންހެން ކުއްޖަކު ލިބުނު އިރު އެ ކުއްޖާ އަށް ކިޔާނެ ނަމެއް އަދި ނުނިންމާ ކަމަށް ކާޑޭޝިއަން އާއިލާ އިން ބުންޏެވެ.

ކައިލީގެ ދައްތަ ދާދިފަހުން ކިމް ވިހާފައިވާ އިރު އަންނަ މަސް ތެރޭގައި ކައިލީގެ އަނެއް ދައްތަ ކްލޯއި ވިހާނެ އެވެ.

ކާޑޭޝިއަން އާއިލާގެ އެންމެ ހަގު، އުމުރުން 20 އަހަރުގެ ކައިލީ ބަނޑުބޮޑުވެފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ.

ކައިލީ ވިހެއުމުގެ ކުރިން ދަރިއަކު ހޯދަން އަދި މާ އަވަސް ކަމަށާއި ވިހަން އޭނާ ވަރަށް ބޮޑަށް ބިރުގަނެ ޖެހިލުންވާ ކަމަށް ބުންޏެވެ.

މައުލޫމާތު: ވެނައިޓީ

comment ކޮމެންޓް