ހާސްވެ، ރުޅިގަދަވާ މީހުންނަށް ހާއްސަ ޕާކެއް ބަންގާޅުގައި ހަދަނީ

ޑާކާގެ އިމާރާތްތައް----

ސްޓްރެސް ނުވަތަ ހާސްވެ، ރުޅިގަދަވާ މީހުންނަށް ހާއްސަ ޕާކެއް ބަންގުލަދޭޝްގައި ހުޅުވަން ނިންމައިފިއެވެ.

އެގައުމުގެ ވެރިރަށް ޑަކާގައި ހުޅުވާ މި ޕާކުގެ މަސައްކަތް މިހާރު ވަނީ ރަސްމީކޮށް ފަށައިފައެވެ.

ރުޅިގަދަވާ ވަގުތު ރުޅިމަޑުކޮށް ސްޓްރެސް ފިލުވާލުމަށްގޮސް ހިތްހަމަ ޖައްސާލެވޭނެ ގޮތަކަށް 29 އޭކަރުގެ ބިމެއްގައި ތައްޔާރުކުރާ މި ޕާކު ހަދަނީ 58 ކްރޯޑު ޓާކާ (ގާތްގަނޑަކަށް 160000 ޑޮލަރު) ހަރަދުކޮށްގެންނެވެ. މިއީ ވޯޓާ ގްރީން ޑާކާ ޕްރޮޖެކްޓްގެ ދަށުން ހަދާ ޕާކެކެވެ.

މި ޕާކަށް ޒިޔާރަތް ކުރާ މީހުން ހިތްހަމަ ޖައްސާލުމަށް ތިބޭނެ ތަންތަނާއި، ކޮފީ އަދި އެހެނިހެން ފިނި ބުއިންތައް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާނެއެވެ.

ޕާކަށް ޒިޔާރަތްކުރާ ކުޑަކުދިން ޓީވީ ބަލަން ތިބޭނެ ބޮޑު ސްކްރީނެއްވެސް ބަހައްޓަން ހަމަޖެހިފައިވާއިރު ޑާކަގެ މޭޔަރު ވިދާޅުވީ ކުރިއަށް އޮތް 10 މަހުގެ ތެރޭ ޕާކުގެ މަސައްކަތް ނިންމާ ހުލުވޭވަރު ވާނެ ކަމަށެވެ.

ދަ ޑެއިލީ ސްޓާ

comment ކޮމެންޓް