އެޕަލްގެ ހޯމްޕޮޑް ސްޕީކަރު ފެބްރުއަރީ 9ގައި ބާޒާރަށް

އެޕަލްގެ ހޯމްޕޮޑް ސްޕީކަރު އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް އެޕަލް އިން ބުނެފިއެވެ. އެކުންފުނިން ބުނީ މިމަހު 26ގައި މި ސްޕީކަރުގެ ޕްރީ އޯޑަރު ނަގަން ފަށާނެ ކަމަށެވެ.

މި ސްމާޓް ސްޕީކަރު އެންމެ ފުރަތަމަ ވިއްކާނީ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ މާކެޓްގައެވެ. ފްރާންސް އަދި ޖަރުމަނަށް އޭޕްރީލް ނޫނީ މެއި ހިސާބުގައި ސްޕީކަރު އަންނާނެއެވެ.

އެޕަލްގެ ސްމާޓް ސްޕީކަރު އެންމެ ފުރަތަމަ މާކެޓަށް ނެރެން ނިންމީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. ނަމަވެސް ސްޕީކަރު ރިލީޒްކުރުން ފަސްކުރިކަން ޑިސެމްބަރު މަހު ވަނީ އިއުލާނުކޮށްފައެވެ.

މި ސްޕީކަރުގެ އަގަކީ 349 ޑޮލަރެވެ. މިއީ އަގުހެޔޮ ސްޕީކަރުތައް ފަހަތައްޖައްސާލާ ވަޔަލެސް ސްޕީކަރުގެ މާކެޓްގެ ކުރި ހޯދާނެ ޕްރޮޑަކްޓެއް ކަމަށް ބެލެވެއެވެ.

މި ސްޕީކަރާ ގުޅޭ މާބޮޑު ތަފްސީލެއް އެޕަލްއިން އަދި އާންމުކޮށްފައެއް ނުވެއެވެ. އެގޮތުން މި ސްޕީކަރު މަސައްކަތް ކުރާނީ އެޕަލްގެ އުފެއްދުންތަކާއެކީތޯ ނުވަތަ ނޫންތޯވެސް އެޕަލް އިން ބުނެފައެއް ނުވެއެވެ.

ނަމަވެސް އެޕަލްގެ މި އުފެއްދުމަކީ އެމޭޒަން އެކޯ އަދި ގޫގުލް ހޯމް އަށްވުރެ ކުރި ހޯދާނެ، އުފެއްދުމެއްކަން މިހާރުވެސް ވަނީ ޔަގީންވެފައެވެ.

comment ކޮމެންޓް