ނެދަލޭންޑްސްގައި އޮޓޮމޭޓެޑް ރޭލު ޓެސްޓު ކުރަނީ

ފްރާންސްގެ ކުންފުންޏަކުން ނެދަލޭންޑްގައި އޮޓޮމޭޓެޑް ރޭލު ދަތުރުތައް ޓެސްޓުކުރަން ފަށައިފިއެވެ.

މި ރޭލުތަކަކީ ކާގޯ އުފުލާ ރޭލުތަކެކެވެ. 100 ކިލޯ މީޓަރުގެ ރާސްތާއަކަށް، ޑްރައިވަރަކާ ނުލާ ދުއްވުމުގެ ގާބިލުކަން ލިބިފައިވާ މި ރޭލު ދަތުރުތައް ޓެސްޓު ކުރަނީ އެލްސްޓޮމް ކިޔާ ކުންފުންޏަކުންނެވެ. މި ޓެސްޓު ދަތުރުތަކުގެ ބޭނުމަކީ ރޭލު އަދި ސިގްނަލް ސިސްޓަމަށް ސިގްނަލް ފޮނުވައި ކާމިޔާބު ކަމާޢެކު ކޮމިޔުނިކޭޓު ކުރެވޭނެކަން ދައްކައިދިނުމެވެ.

މި ޓެސްޓުތައް ކުރުމަށް އެސްޓޮމް އިން ވަނީ ނެދަލޭންޑްގެ އިންފްރާސްޓްރަކްޗާ އޮޕަރޭޓާ، ޕްރޯ ރެއިލް އަދި އާރްއާރްއެދް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޖަރުމަނުވިލާތާ ގުޅާލެވިފައިވާ 150 ކިލޯމީޓަރުގެ ރޭލު ދަގަނޑުގެ ރާސްތާގައި ރެއިލް ދަތުރުތައް ޓެސްޓު ކުރާނެއެވެ.

އޮޓޮމޭޓެޑް ދަތުރުތަކަކީ ދަތުރުފަތުރުގެ މުސްތަގުބަލު ކަމަށް ބެލެވިފައިވާ ނަމަވެސް އެއްވެސް ރެއިލެއް ޑްރައިވަރަކާ ނުލާ ދުއްވުމަށް 100 ޕަސެންޓް އޮޓޮމޭޓު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް މާހިރުން ބުނެއެވެ. މިސާލަކަށް ދެ ރޭލު އެކްސިޑެންޓުވާން ދިމާވާ ހާލަތެއްގައި ޑްރައިވަރަކު އިނުން މުހިއްމުކަން އެފަރާތްތަކުން ފާހަގަ ކުރެއެވެ.

ޑްރައިވާާ-ލެސް ޓެކްނޮލޮޖީ އަކީ މިހާރުވެސް އޮތް ޓެކްނޮލޮޖީ އެކެވެ. އިނގިރޭސިވިލާތުގެ ޑޮކްލޭންޑްސް ލައިޓް ރެއިލްވޭ (ޑީއެލްއާރް) އަކީ ފުލީ އޮޓޮމޭޓެޑް ކުންފުންޏެކެވެ. ނަމަވެސް އެކުންފުނީގެ ޓެކްނޮލޮޖީ ޔޫރަޕްގެ އެހެން ގައުމުތަކުގައި ބޭނުން ކުރަން ފެށުމަށް އަދި 30 ނޫނީ 50 ވަރަކަށް އަހަރު ނަގާނެ ކަމަށް ބެލެވެއެވެ.

ފުުލީ އޮޓޮމޭޓެޑް ރެއިލްވޭ ސްޓޭޝަނެއް ސުމަކުން ފަށައިގެން ޑިޒައިންކޮށް ތަރައްގީ ކުރުމަކީ އުނދަގޫ ކަމަކަށް ވާއިރު މިހާރު ބޭނުންކުރާ ސްޓޭޝަންތައް ތަރައްގީކޮށް އޮޓޮމޭޓް ކުރުމަކީ އަދި މާ އުނދަގޫ ކަމެކެވެ.

comment ކޮމެންޓް