ޔުނައިޓެޑުން ސަންޗޭޒަށް ހުށަހަޅާވަރުގެ އުޖޫރައެއް ހޯދަން ޕޮގްބާ ތައްޔާރުވަނީ!

ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ، ފަސް އަހަރު ދުވަހަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ، 89 މިލިއަން ޕައުންޑުގެ ފީއަކަށް --- ފޮޓޯ: މެންޗެސްޓާ ޔުނައިޓެޑް

މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް މިހާރު ލިބޭ 400,000 ޕައުންޑުގެ އުޖޫރަ ދެގުނަ ބޮޑުކުރަން ކްލަބުގައި އެދުމަށް އޭނާ ތައްޔާރުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޖެނުއަރީ ޓްރާންސްފަރގައި ޔުނައިޓެޑުން ވަނީ، އެކްލަބުގެ މިޑްފީލްޑަރު ހެންރިކް މިކިތާރިއަންއާ އާސެނަލްގެ އެލެކްސިސް ސަންޗޭޒް ބަދަލުކުރުމުގެ ހުރިހާ މަޝްވަރާތަކެއް މިހާރު ކާމިޔާބުކޮށްފައެވެ. އެއާއެކު، ޔުނައިޓެޑުން ސަންޗޭޒަށް އަސާސީ މުސާރައިގެ ގޮތުގައި ކުރިއަށް އޮތް ހަތަރު އަހަރާ ބައިގެ މުއްދަތުގައި 100 މިލިއަން ޕައުންޑު ހޭދަކުރާނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

މިރަރ ސްޕޯޓްސް އިން ރިޕޯޓުކޮށްފައިވާގޮތުން ޕޮގްބާގެ އޭޖެންޓް، މިނޯ ރަޔޯލާ މިހާރު ވަނީ، ޔުނައިޓެޑުން ޕޮގްބާއަށް މިހާރު ދޭ، ހަފްތާއަކު 200,000 ޕައުންޑުގެ އުޖޫރައަކީ ޕޮގްބާއަށް ލިބެންޖެހޭ ވަރަށް ވުރެ ކުޑަ ފީއެއްކަމަށް ބުނެ، އުޖޫރަ ބޮޑުކުރަން ހުށަހަޅަން ތައްޔާރުވެފައެވެ.

އުމުރުން 24 އަހަރުގެ ޕޮގްބާ، 2016 ވަނަ އަހަރު ޔުވެންޓަސްއިން ޔުނައިޓެޑާ ގުޅުނީ، އޭރުގެ ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 89 މިލިއަން ޕައުންޑަށެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އަދިވެސް ތިން އަހަރު އެބަ އޮތެވެ. އަދި މީގެ އިތުރުން 12 މަސްދުވަސް ކޮންޓްރެކްޓަށް އިތުރު ކުރުމުގެ އިހްތިޔާރުވެސް ޔުނައިޓެޑަށް ލިބިފައި ވެއެވެ.

comment ކޮމެންޓް