ފޯނާ ކުޅެމުންދިޔަ މީހަކު ވިލިމާލެ ފެރީ ޓާމިނަލުގެ ދޮރުގައި ޖެހި، ދޮރު ވެއްޓިއްޖެ

ބިދޭސީ މީހާ ޖެހި ވެއްޓުނު ވިލިމާލޭ ފެރީ ޓާމިނަލު ދޮރު-- ފޮޓޯ: ވަގުތު

ފޯނާ ކުޅެމުން ދިޔަ ބިދޭސިއަކު ވިލިމާލޭ ފެރީ ޓާމިނަލްގެ ބިއްލޫރި ދޮރެއްގައި ޖެހި، ދޮރުފަތް ވެއްޓިއެވެ.

ވިލިމާލެ ޓާމިނަލްގެ މެނޭޖަރު އިބްރާހިމް ސިރާޖު "ސަން" އަށް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ވެއްޓިފައި ވަނީ ޓާމިނަލުން ފެރީ އަށް އަރަން ދާ ތަނުގައި ހުންނަ ދޮރެއް ކަމަށެވެ.

"އޭނާ ފޯނަށް ބަލަމުން އަވަހަށް ފެރީއަށް އަރަން ދިޔައީ. ދޮރު ހުޅުވިފައި ކަމަށް ހީކޮށް ވަންނަން ދަނިކޮށް ދޮރުގައި އޭނާގެ ބޯ ޖެހި ދޮރު ވެއްޓުނީ. އެ ދޮރު ވަނީ އެއްކޮށް ހަލާކު ވެފައި. ނަމަވެސް ނަސީބަކުން ބިދޭސީ މީހާއަށް އެއްވެސް އަނިޔާއެއް ނުވޭ،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މި ހާދިސާގައި ހަލާކުވި ދޮރުގެ އަގަކީ ގާތްގަނޑަކަށް 4،000 ރުފިޔާ ކަމަށެވެ. ދޮރުގެ ބަދަލު ދިނުމަށް ބިދޭސީ މީހާ އެއްބަސްވެފައިވާ ކަމަށްވެސް ފެރީ ޓާމިނަލްގެ މެނޭޖަރު ވިދާޅުވިއެވެ.

comment ކޮމެންޓް