19 މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ފަރަށް އެރި މާކޯ ޕޯލޯ ދޯނި ---- ފޮޓޯ: އެމްއެންޑީއެފް

ނަވާރަ މީހުންނާ އެކު ދ. އަތޮޅު ނިޔަމަ ރިސޯޓުން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް އެ ރިސޯޓްގެ ސަޕްލައި ދޯނި ފަރަށް އަރައިފި އެވެ.

އެ ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ "މާކޯ ޕޯލޯ" ނަކަމަށް ކިޔާ އެ ދޯނި ރޭ ފަރަށް އެރި ކަމުގެ ރިޕޯޓު ކޯސްޓުގާޑަށް ލިބުނީ ފަތިހު 5:20ގައި ކަމަށެވެ. އަދި 90 ފޫޓުގެ އެ ދޯނި ފަރަށް އަރާފައި ވަނީ ވ. ފުލިދުއާ ތިން ނޯޓިކަލް މޭލު ދެކުނުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

ދޯނި ފަރަށް އެރި އިރު ދޯނީގައި 19 މީހުން ތިބި ކަމަށާއި އޭގެ ތެރޭ އަންހެނަކު ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެ ދޯނީގައި ތިބި މީހުން ފުލިދޫ ސީ އެމްބިއުލޭންސްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ދޯނި ފަރަށް އެރީ ނިޔާމަ ރިސޯޓުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށެވެ.

comment ކޮމެންޓް