ކުޅުދުއްފުށީގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މެޑަމްގެ ދީލަތި އެހީއެއް

މެޑަމް ފާތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށީގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެމީހުންގެ ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފާތުމަތު އިބުރާހިމް އެހީވެދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ ކުޅުދުއްފުށީގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މެޑަމް ފާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ރަށުގައި އެންސްޕާގައި ރެޖިސްޓްރީ ކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ 113 ފަރާތެއް ދިރިއުޅެއެވެ.

މެޑަމް ފާތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

"މެޑަމް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް އެކަމަނާ އެހީތެރިކަން ފޯރުކޮށްދެއްވާ. މިފަހަރު ކުޅުދުއްފުށީގައި ވެސް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ." ޔާމީން ވިދާޅުވިއެވެ.

މެޑަމް ފާތުން ވަނީ އެއިން ކޮންމެ މީހަކަށް 1500 ރުފިޔާ ހަދިޔާކުރައްވާފައެވެ.

އިއްޔެ ހަވީރު އަފީފުއްދީން ސްކޫލުގައި އޮތް ހާއްސަ ބައްދަލުކޮށްލެވުމުގައި ހާއްސަ އެހީއަށް ބޭނުންވާ ގިނަ އަދަދެއްގެ މީހުންނާއި އެމީހުންގެ އާއިލާގެ މީހުންނާ މެޑަމް ފާތުން ވަނީ ބައްދަލުކުރައްވައި ސަލާމްކޮށް ހާލު ބައްލަވާލައްވާފައެވެ.

މެޑަމް ފާތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލަށް އެކަމަނާ ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު އިސް ރަށްވެހިންނާ ޒުވާނުންނާވެސް މާދަމާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"އެންމެގާތުން" ކެމްޕެއިންގެ ދަށުން މިއަދު ހަވީރު އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން އެރަށު އަންހެނުން ވަނީ ރާނީންނަށް އިހުޒަމާނުގައި ކިޔައި އުޅޭފަދަ މަރުހަބާއެއް އެކަމަނާއަށްކިޔައިފައެވެ.

މިދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރާއި ނޮޅިވަރަމަށް ވެސް އެކަމަނާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް