މުއްދަތެއް ނެތްގޮތަށް މާފުށީ ހުރިހާ ކައުންސިލަރުން ގޭގައި މަޑުކުރަން އަންގައިފި

ކ. މާފުށި

ކ. މާފުށީ ކައުންސިލްގެ ހުރިހާ މެމްބަރުން މުއްދަތެއް ނެތްގޮތަށް ގޭގައި މަޑުކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

މާފުށީ ކައުންސިލްގެ ނައިބު ރައިސާ ނަޝީދާ އާދަމް ސަން އަށް ވިދާޅުވީ މުއްދަތެއް ނެތްގޮތަށް ހުރިހާ ކައުންސިލަރުން ގޭގައި މަޑުކުރަން އެލްޖީއޭ އިން މިއަދު އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގޭގައި މަޑުކުރަން އެންގީ މޮބައިލް ފޯނަށް ފޮނުވި މެސެޖަކުން ކަމަށެވެ.

ކ. އަތޮޅު ކައުންސިލާއި އެލްޖީއޭ ގުޅިގެން، އެ ކައުންސިލަރުންނާ ގުޅޭ ގޮތުން މައްސަލައެއް ބަލަމުންދާތީ އެ މައްސަލަ ބަލައި ވަކިގޮތެއް އަންގަންދެން ހުރިހާ ކައުންސިލަރުން ގޭގައި މަޑުކުރުމަށް އެ މެސެޖުގައި ވަނީ އަންގައިފަ އެވެ.

ދާދިފަހުން އެލްޖީއޭ އިން ވަނީ ގއ. އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވެސް ތިން މަސް ދުވަހުގެ މުއްތަށް ސަސްޕެންޑުކޮށްފަ އެވެ.

comment ކޮމެންޓް