ހިތަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫ އެލްމެނިއަމް ގޭގައި ރޯވެފައި-- ފޮޓޯ/އައްޑު ލައިވް

އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

ހިތަދޫން ވާހަކަދެއްކި މީހަކު ބުނިގޮތުގައި އަލިފާން ރޯވެ އަނދަމުންދަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ އެލްމެނިއަމް ނަމަކަށްކިޔާ ގޭގައެވެ.

އެމީހާ ބުނީ އެ ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނޫން ކަަމަށާއި އަލިފާން ރޯވި އިރު އެ ގޭގައި މީހަކު ނެތް ކަމަށެވެ.

ސިފައިން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

"ވަރަށް ބޮޑަށް ރޯވެފައި ހުރީ. ހިއެއްނުވޭ އިތުރަށް އެގެ ބޭނުންކުރެވިދާނެ ހެން،" އެމީހާ ބުންޏެވެ.

އެލްމެނިއަމް ގޭގައި ރޯވެފައިވަނީ ކިއްވެގެން ކަމެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ. އެ ހާދިސާ ހިނގީ ގާތް ގަނޑަކަށް ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޭގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލީ ކަމެއް ނުވަތަ އެހެންގޮތަކުން އަލިފާން ރޯވީކަން އަދި ކަށަވަރެއް ނުވެއެވެ.

comment ކޮމެންޓް