12 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ޖެހޭ!

ސޯޝަލްމީޑިއާގެ ބައެއް ވިއުގަތައް---

ފުރާވަރު އުމުރުގެ ކުދިން އަމިއްލަ އަށް މަރުވުމުގެ ސަބަބަކީ ސޯޝަލް މީޑިއާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ނަފްސާނީ ބަލީގެ އިލްމުވެެރިން ވަނީ އެކަމާ ގުޅޭ ދިރާސާތައް ވެސް ކުރައްވައިފަ އެވެ. އަދި އެއީ ތެދެއްކަމަށް ވެސް ނަފްސާނީ ބަލީގެ އިލްމުވެރިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޮސްޓްރޭލިއާގެ ޔޫތު މެންޓަލް ހެލްތު އެކްސްޕާޓް މައިކަލް ކާ-ގްރެގް ވިދާޅުވާ ގޮތުން ސޯޝަލް މީޑިއާ އަކީ 12 އަހަރުން ދަށުގެ ކުދިން ބޭނުންކުރުން ރަނގަޅު ޕްލެޓްފޯމެއް ނޫނެވެ.

"ސްކޫލުތަކުގައި ޕްރިންސިޕަލުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް މިއީ. ބެލެނިވެރިން އެކަން ތަންފީޒު ނުކުރުން. ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރާއިރު އަޅާ ނުލުން،" ގްރެގް ވިދާޅުވެފައިވެ އެވެ.

ދާދިފަހުން އޮސްޓްރޭލިއާގައި ފުރާވަރުގެއަންހެން ކުއްޖަކު ވަނީ ބުލީގެ ޝިކާރަކައަކަށްވެ، އަމިއްލަ އަށް މަރުވެފަ އެވެ. ޑޮލީ އެވަރެޓް ނަމަކަށް ކިޔާ އެ ކުއްޖާ އަކީ ސައިބާ ބުލީގެ ޝިކާރަ އަކަށްވި ކުއްޖެކެވެ.

ޑޮލީގެ މަރާ އެކު އޮސްޓްރޭލިއާގައި އަންނަނީ ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ދެކޮޅަށް ކެމްޕެއިންތައް ހިންގަމުންނެވެ.

ގްރެގް ވިދާލުވާ ގޮތުގައި އެންމެ ގިނަ ކުދިން ބުލީގެ ޝިކާރައަކަށް ވަނީ ޕްރައިމަރީ ސްކޫލު ނިންމައި ސެކަންޑްރީ ސްކޫލަށް ބަދަލުވާ މަރުހަލާގަ އެވެ. ބުލީގެ ސަބަބުން ކުދިންގެ ސިކުނޑިއަށް ބާރުކޮށް، އެންމެ ފަހުން ދިރިއުޅުން ނިންމާލާ ހިސާބަށް ދަނީކަމަށް އެނާ ވިދާޅުވެ އެވެ.

ގްރެގް ވަނީ ކުދިން ޕްރީސްކޫލު އުމުރުގައި ސޯޝަލް އިމޯޝަންސް އަށް ޓްރެއިން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

ސައިބާ ބުލީ އަށް ހޭލުންތެރި ކުރުވާ، އެކަމުން ކުދިން ސަލާމަތް ކުރުމަށް ފިޔަވަޅު އެޅުމަށް އޭނާ ވަނީ ތަކުރާރުކޮށް ގޮވާލައިފަ އެވެ.

comment ކޮމެންޓް