ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީތަރި ޖުމައްޔިލް ދޫކޮށްލައިފި

ފިލްމީތަރި ޖުމައްޔިލް ނިމާލް--

ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިލްމީތަރި ޖުމައްޔިލް ނިމާލް ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޖުމައްޔިލް ހައްޔަރުކުރީ އިތުރު ދެ މީހަކާއި އެކު މާލޭ ކެފޭ އަކުން ރޭގެ ވަގުތެއްގައެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ބަނގުރަލުގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެ ތިން މީހުން ހައްޔަރު ކުރި މަންޒަރު ދުށް މީހަކު "ސަން"އަށް ބުނީ އެ ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށެވެ.

comment ކޮމެންޓް