ނިދާއިރު ކައިރީގައި ފޯނު ނުބާއްވާ، ކެންސަރަށް ވެސް މަގުފަހިވެދާނެ

ނިދާއިރު ފޯނު ކަންފަތް ދޮށުގައި ނުބާއްވާ، ކެންސަރަށް ވެސް މަގުފަހިވެދާނެ

އަތުގައި އަބަދުމެހެން ގެންގުޅޭ ފޯނަކީ މިއަދު އެއާ ނުލައި ގިނަ މީހުންނަށް ބައި ގަޑިއިރު ވެސް ހޭދަކޮށް ނުލެވޭވަރުގެ މުހިންމު އެއްޗެކެވެ.

ހަމައެއާ އެކު ނިދާ ވަގުތުގައި ކަންފަތަށް ހެޑްސެޓް ޖަހައިގެން ނުވަތަ ފޯނު ކަންފަތް ދޮށުގައި ބާއްވައިގެން ނިދާ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކަންފަތް ދޮށުގައި ފޯނު ބާއްވައިގެން ނިދުމަކީ މީހާގެ ސިކުނޑިއަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިވާ އަދި ކެންސަރަށް ވެސް މަގުފަހިވާ ކަމެކެވެ.

ކައިރީގައި ފޯނު ބާއްވައިގެން ނިދުމުން ފޯނުން ބޭރު ކުރާ ރޭޑިއޭޝަންގެ ސަބަބުން މީހާގެ ސިކުނޑިއަށް ގެއްލުން ލިބުމުގެ އިތުރުން ދަރިމައިވުމަށް ވެސް ހުރަސްއަޅާ ކަމަށް އެ ދިރާސާގައި ވެއެވެ.

ކެލެފޯނިއާގެ ހެލްތު ޑިޕާޓްމަންޓުން ހެދި އެ ދިރާސާއިން ދައްކާ ގޮތުގައި ފޯނުން ދޫކުރާ ރޭޑިއޭޝަނުން ސިކުނޑިއާ ހަމައަށް ވާސިލްވެ އަދި އެގޮތުން ވާސިލްވާ ރޭޑިއޭޝަންގެ ސަބަބުން ހެދި ބޮޑުވަމުން އަންނަ ސިކުނޑިއަށް ވެސް އެއިން ނޭދެވޭ އަސަރުތައް ކުރެ އެވެ. އަދި ސިކުނޑި ރަނގަޅަށް ހެދި ބޮޑު ނުވާ ކަމަށްވެސް އެ ދިރާސާގައި ވެއެވެ.

އެ ދިރާސާގައިވާ ގޮތުން ފޯނު ޖީބުގައި ނުބާއްވާ އަތް ދަބަހުގައި އެ ބޭއްވުން ރަނގަޅު ކަމަށެވެ.

މައުލޫމާތު: އެކްސްޕްރެސް

comment ކޮމެންޓް