ކާނިވަލުގައި ޝޯ ކުރިއަށްދާ ސަރަހައްދުން ހަތަރު މީހަކު ހައްޔަރުކޮށްފި

އާ އަހަރު ފާހަގަކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޚާއްސަ ޝޯގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އާ އަހަރު ފާހަގަކުރުމަށް އަލިމަސްއުފާ ކާނިވަލު ސަރަހައްދުގައި މިރޭ ޝޯ ކުރިއަށްދާ ސަރަހައްދުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މަންޒަރު ދުށް ބައެއް މީހުން "ސަން" އަށް ކިޔައިދިންގޮތުގައި ކާނިވާ ސަރަހައްދުން ހަތަރު މީހަކު ފުލުހުން މިރޭ ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު އެމީހުންނަށް ވަނީ ފެނިފައެވެ.

އޭނާ ބުނީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އެކަކު ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭނާ ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވާފައިވާ ކަމަށެވެ.

"މިހާރު އެ އެންމެން ގޮވައިގެން ފުލުހުންގެ ވެހިކަލްގައި ފުލުހުން ވަނީ ގޮސްފައި،" އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން މިހާރު މާލެތެރޭގައި ހިންގާ އޮޕަރޭޝަންގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ ތަފްސީލު އަދި ދެވެން ނެތް ކަމަށެވެ.

comment ކޮމެންޓް