ނ. އަތޮޅު މިދެކޭ ޒަމާނީ ތަރައްގީ އައީ ރައީސް ޔާމީންގެ މި ހަތަރު އަހަރުގެ ތެރޭގައި: މެމްބަަރު ޔާމިން

ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން ރަޝީދު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނ. އަތޮޅަށް އަންނަމުންދާ ތަރައްގީއަށް ނަޒަރު ހިންގައި ބަލައިލާއިރު މިހާރު އެ އަތޮޅު މިދެކޭ ޒަމާނީ ތަރައްގީ އައިސްފައި މިވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި އެ ތަރައްގީ އައިސްފައިވަނީ، ރައީސް ޔާމިންގެ ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކަމަށް ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ނ. އަތޮޅު ވެލީދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާމިން ވިދާޅުވީ، ނ. އަތޮޅަކީ ކާށީގެ ޒަރިއްޔާއިން މަންފާ ހޯދަމުން އައި ރަށްތަކެއް ނަމަވެސް މިއަދު އެ އަތޮޅުގައި ރިސޯޓުތައް ހަދައި ނަރުދަމާގެ ނިޒާމް ގާއިމްކޮށް އަތޮޅަށް އައިސްފައިވާ ތަރައްގީއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިސްފައިވާ ތަރައްގީއެއް ކަމަށެވެ.

ނ. އަތޮޅުންވެސް ވެލިދޫއަކީ ހާއްސަ ރަށެއް ކަމަށާއި ނ. އަތޮޅާއި ވެލިދުއަށް އަންނަ ތަރައްގީ ނުހުއްޓޭނެ ކަމަށް ޔާމިން ވިދާޅުވިއެވެ. މިހާރުވެެސް ވެލިދޫގައި 200 މިލިއަން ރުފިޔާއާއި ގާތް ކުރާ އަދަދެއްގެ މަޝްރޫއުތައް ކުރިއަށްދާކަމަށާއި، އޭގެ ތެރޭގައި ބަނދަރުގެ މަސައްކަތުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމާއި ކޯސްޓަލް ޕްރްޓެކްޝަންގެ މަސައްކަތްވެސް ހިމެނޭކަމަށް ޔާމިން ވިދާޅުވިއެވެ.

"ނ. އަތޮޅުގެ ތަރައްގީއެއް ނުއެއް ހުއްޓޭނެ. ވެލިދޫގެ ތަރައްގީވެސް މިއަދު ބަނދަރަކާއި ފެނާއި ނަރުދަމާގެ ހިސާބަކުން ނުހުއްޓޭނެ. ރައީސް ޔާމީން މިއަދު އެގެންދަވަނީ އިހުގައި ނުކުރެއްވޭނެއޭ ބުނި އެތައް ކަމެއް ކުރައްވަމުން،" ޔާމިން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ވެލިދޫގެ ބަނދަރަކީ ކުރީގެ ސަރުކާރުންވެސް ބަޖެޓް ކުރަމުން އައި ބަނދަރެއް ނަމަވެސް އެ ބަނދަރުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި އެ ބަނދަރަކީ ރާއްޖޭގައި މިހާރި އޮތް އެންމެ ފުރިހަމަ ބަނދަރު ކަމަށްވެސް ޔާމިން ވިދާޅުވިއެވެ.

"ވެލިދޫގެ ބަނދަރު މިހާ ފުރިހަމަ ގޮތެއްގައި ބައްޓަން ވެގެން މިއައީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން. ވަރަށް ގިނަ ދުވަސް ވަންދެން ބަޖެޓް ކުރެވެމުން އައި އެއްޗެއް މިއީ. އެއްވެސް ސަރުކާރެއްގައި އަމަލީ ސިފައެއް ނައި. އެހެން ނަމަވެސް ރައީސް ޔާމީން ސަރުކާރުގައި މިއަށް އަމަލީ ސިފަ އައިސް ދެ އަހަރު ދުވަހުގެ ތެރޭގައި މިއަދު ބަނދަރު އެއޮތީ ފުރިހަމަކޮށް ނިންމަވާފައި،" ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިނަކީ ކުރައްވާނަމޭ ވިދާޅުވާ ކޮންމެ ކަމެއް ކުރައްވާނެ ބޭފުޅެއްކަމަށާއި، ކުރައްވާނެ ގޮތް އެމަނިކުފާނު ހޯއްދަވާނެކަމަށްވެސް ޔާމިންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް