ރ. މަޑުއްވަރީގައި ފުލުހުން ދުއްވާ ވެހިކަލަކަށް ގެއްލުން ދީފި

ފުލުހުންގެ ވެހިކަލެއް ކައިރީ ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފައިލް ފޮޓޯ

ރ. މަޑުއްވަރީގައި ފުލުހުން ދުއްވަން ގެންގުޅޭ ކާރަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޑުއްވަރީގައި ބޭނުން ކުރާ ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިން މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.

"އެކަމާ ގުޅިގެން ފުލުހުން މިދަނީ ޚާއްސަ ތަހުގީގެއް ކުރަމުން،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަޑުއްވަރީގައި ފުލުހުން ދުއްވަން ގެންގުޅޭ ކާރުގެ ބިއްލޫރިގަނޑު ރޭ ވަނީ ބަޔަކު ތަޅާލާފަ އެވެ.

އެމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

comment ކޮމެންޓް