ރީކޯ އަދިވެސް ހުންނެވީ "ނިއު ކަމާސް އެވޯޑް"ގެ އިންތިޒާރުގައި!

އަށްވަނަ ދިވެހި ފިލްމު އެވޯޑްސް: އޮލިމްޕަހުގައި ބޭއްވި މި ރަސްމިއްޔާތުުގައި އެވޯޑް ދީފައިވަނީ 2014 އިން 2016 އާ ދެމެދު ރިލީޒްކޮށްފައިވާ ފިލްމުތަކަށެ، އަދި ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވީ މުސްތަފާ ހުސައިން އަދި އަސްލަމް ރަޝީދެވެ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކަކީ ސިޔާސީ ބޭފުޅަކަށް ވުމުގެ ކުރިން ފިލްމީ ދާއިރާގެ ނަމްބަރު ވަންއެވެ. އަދިވެސް އެމަނިކުފާނުގެ ހިތް އޮތީ ފިލްމީ ދާއިރާގައެވެ.

އެކަން އެންމެ ބޮޑަށް ދޭހަވަނީ ފިލްމީ ދާއިރާގެ މުހިންމު ހަފްލާތަކުގެ ކުރީ ސަފުން ރީކޯ ފެނިގެން ދިއުމެވެ. މިދިޔަ އަހަރުވެސް މިއަހަރުވެސް ފިލްމު އެވޯޑްސްގެ ސްޓޭޖްމަތިން ރީކޯ ފެނިގެން ދިޔައެވެ. އެވޯޑް ހަވާލުކުރުމަށް ސްޓޭޖަށް އަރާ ވަޑައިގެން މިއަހަރުވެސް ރީކޯ ވަނީ ފިލްމީ ދާއިރާއަށް އޮތް ލޯބި ބަޔާންކޮށްދެއްވައިފައެވެ.

"ނިއު ކަމާސް އެވޯޑް ލެބޭނެކަމަށް،" އެވޯޑު ހަފްލާއަށް ވަޑައިގަތް ރީކޯ އަދިވެސް ފިލްމެއް ކުޅުއްވަން ބޭނުންފުޅުވާކަން އެމަނިކުފާނުގެ ވާހަކައިން ދޭހަވެއެވެ.

ކޮންމެއަކަސް މިމަހުގެ 19 ވަނަ ދުވަހުގެ ރެއަކީ ކުރީގެ ފިލްމީ ތަރިއެއްގެ ހައިސިއްޔަތުންވެސް ރީކޯއަށް ޚާއްސަ ރެއެކެވެ. ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހާސިލްކުރެއްވި ދެ ބޭފުޅަކަށް ރީކޯ އެވޯޑް ހަވާލުކޮށްދެއްވި އިރު، އެވޯޑު ލިބިލެއްވި އެއް ބޭފުޅަކީ އެންމެ ފުތަރަމަ ދިވެހި ފިލްމެއް އުފެއްދެވި މުސްތަފާ ހުސައިންނެވެ. ދެން މި އެވޯޑު ހާސިލް ކުރެއްވީ ރީކޯ ފިލްމީ ދާއިރާގައި ބްރޭންޑަކަށް ވުމުގެ މޭސްތިރިކަމަށްވާ އަސްލަމް ރަޝީދެވެ.

"މިރޭ މި ލިބުނީ އަޅުގަނޑު އެންމެެ ދެކެން ބޭނުންވި ދުވަސް. އަޅުގަނޑު އަތުން އެވޯޑު ދޭނެ ދެބޭފުޅުން. އެންމެ ފުރަތަމަ ރާއްޖޭގަ ފިލްމު އުފެއްދެވި ބޭފުޅާ އާ އަޅުގަނޑު ދިވެހި ރާއްޖޭގެ ކުރިމަތީގަ ރީކޯ މޫސައަށް ވެގެން ދިޔަ އެންމެ ގިނަ ފިލްމު އުފައްދައި އެކަމަށް އަޅުގަނޑަށް އެންމެ ހިތްވަރު ދިން ފަރާތަށް އެވޯޑު ދިނުން،" މޫސަ ވިދާޅުވިއެވެ.

މޫސަގެ ވާހަކަފުޅު ނިންމަވާލައްވަމުންވެސް ވިދާޅުވީ އަލަށް ތައާރަފްވާ މޫނަށް ދެވޭ އެވޯޑުގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ.

comment ކޮމެންޓް