މެލޭޝިއާގެ ބޮޑުވަޒީރު ވަޑައިގަންނަވާތީ މާދަމާ މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

އިއްޒުއްދީން ފާލަން ސަރަހައްދު -- ސަން ފައިލް ފޮޓޯ

މެލޭޝިއާގެ ބޮޑުވަޒީރު ދާތޯ ސްރީ، ހާޖީ މުޙައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުއް ރައްޒާގު ރާއްޖެ ވަޑައިގަންވާތީ މާދަމާ މާލޭގެ ބައެއް ބަގުތައް ބަންދު ކުރަން ނިންމައިފި އެވެ.

މާދަމާ ހެނދުނު ހަތަކުން އަށަކަށް ޖުމްހޫރީ މައިދާން ސަރަހައްދުގެ ގިނަ މަގުތަކެއް ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ.

އެގޮތުން ބޮޑުތަކުރުފާނު މަގުން ހުސްނުހީނާ ގޯޅި ގުޅުނު ހިސާބުން ފެށިގެން ކޯސްޓްގާޑް ބިލްޑިންގާއި ބޮޑުތަކުރުފާނު މަގާ ގުޅުނު ހިސާބަށް ވަނީ ބަންދުކުރުމަށް ނިންމައިފައެވެ.

މާދަމާ ހެނދުނު 10:30 ފެށިގެން 14:30 ހަށް ދަރުބާރުގެ ހިމެނޭ ސަރަހައްދުވެސް ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މޫންލައިޓްހިނގުން، ބުރުޒުމަގާ ގުޅުނު ހިސާބުން އަމީނީމަގު ކަށިމާހިނގުމާއި ގުޅުނު ހިސާބަށް ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ.

ބެލެވޭ ގޮތުން ދަރުބާރުގޭ ސަރަހައްދު ބަންދު ކުރަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގާއެކު ރަސްމީ ބައްދަލުވުންތަށް ދަރުބާރުގޭގައި ކުރިއަށް ދާތީ އެވެ.

ނަޖީބު ރައްޒާގު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު އެވެ. އަދި ރަސްމީ ބައްދަލުވުންތަށް ބާއްވަން ހަމަޖެހިފައިވަނީ މާދަމާ އެވެ.

comment ކޮމެންޓް